Thursday, 18 April 2024

އަނިޔާވެރިކަން ހުއްޓުވޭނީ ރައީސްއާ ހިސާބުން: ޣައްސާން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފުލަން ޖެހޭނެ ކަމަށާއި އަނިޔާވެރިކަން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރު ވިޔަސް އަވަސް ކުރަން ގާނޫނުގެ ތެރެއިން އެއްގުމަކީ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ރައީސް ޔާމީންއަށް އިންސާފް ލިބުން ލަސްވުމުގެ ޒިންމާ ރައީސް ޞާލިހް އުފުއްލަވަން ޖެހޭނެ. އަނިޔާވެރިކަން ހުއްޓުވޭނީ ރައީސްއާ ހިސާބުން."

ޣައްސާން ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް ހިނގަމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *