ޝަރުއީ ހުކުމެއް ނެތި ޕާޓީ މީހުންނަށް ރަށްތަކާއި ފަޅުތައް ބަހާ ހުސްކޮށްފިކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް ވިދާޅުވީ، ޝަރުއީ ހުކުމެއް ނެތި ޕާޓީ މީހުންނަށް ރަށްތަކާއި ފަޅުތައް ބަހާ ހުސްކޮށްފައިވާ ކަމަށެވެ.
ޝަރުއީ ހުކުމެއް އަދި ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މިނިވަން އޮޑިޓްއަކާ ނުލާ ބަދަލުގެ ގޮތުގައި އެފަދަ ތަންތަން ދޭތީ އުޝާމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ޝަރުއީ ހުކުމެއް ނެތި ޕާޓީ މީހުންނަށް ރަށްތަކާއި ފަޅުތައް ބަހާ ހުސްކޮށްފި. ޝަރުއީ ހުކުމެއް އަދި ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މިނިވަން އޮޑިޓްއަކާ ނުލާ ބަދަލުގެ ގޮތުގައި ރައްޔިތުންގެ މުދާތައް މިގޮތަށް ބެހުމަކީ ހަމަ ކޮރަޕްޝަން."
އުޝާމް ވިދާޅުވިއެވެ.
ޝަރުއީ ހުކުމެއް ނެތި ޕާޓީ މީހުންނަށް ރަށްތަކާއި ފަޅުތައް ބަހާ ހުސްކޮށްފި.
ޝަރުއީ ހުކުމެއް އަދި ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މިނިވަން އޮޑިޓްއަކާ ނުލާ ބަދަލުގެ ގޮތުގައި ރައްޔިތުންގެ މުދާތައް މިގޮތަށް ބެހުމަކީ ހަމަ ކޮރަޕްޝަން. https://t.co/S4UjBKgEL4
— Ahmed Usham (@a_usham) July 16, 2023
ޖާބިރަށް ސަރުކާރުން އެންމެ ފަހުން ދޫކުރީ މާލެ އަތޮޅުގެ ފަޅެއްކަމަށާއި، އެީ ޖާބިރަށް ކުރިން ދޫކޮށްފައިވާ އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި ދިން ފަޅެއްކަމަށް މަޢުލޫމާތު ލިބެއެވެ.
ޖާބިރަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ދާާދި ފަހުން އޭނާ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމުން ރައީސް ޞާލިހު ވިދާޅުވެފައި ވަނީ ޖާބިރުގެ ތާޢީދުއާއެކު އެމަނިކުފާނު ދެވަނަ ދައުރެއް ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށެވެ.