16 ފެބުރުވަރީ 2025

ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. ޗެލެންޖަކީ ޕީޕީއެމް: ރައީސް

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ޗެލެންޖަކަށް ވާނީ ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ. އަދި "ދަ ޑިމޮކްރެޓްސް" ޗެލެންޖަކަށް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވ. އަތޮޅާއި މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ފުލިދޫގައި ނޫސްވެރިންނާއެކު ހޭދަކުރެއްވި ވަގުތުކޮޅެއްގައި،  ރައީސް ނަޝީދު އުފައްދަވާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން އިންތިޚާބުގައި ކިހާވަރެއްގެ ގޮންޖެހުމެއް ކުރިމަތިވާނެތޯ ރައީސް އަރިހުން އައްސަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީން އެއްވެސް ބޭފުޅަކު ދުރަށް ވަޑައިގެންނެވުމަކީ ގެއްލޭނެ ވޯޓު ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އިންތިޚާބުގެ ނަތީޖާއަށް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް، މި އިންތިޚާބުގައި ތަފާތު ކޯލިޝަނެއްގެ ތެރެއިން، ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއި ކަން ކުރުމުގެ ވައްޓަފާޅިއަށް ގެނެވުނު ބަދަލާ އެކު ކުރިން އެމްޑީޕީއަށް ތާއީދު ނުކުރާ އެތައް ބަޔެއްގެ ތާއީދު ލިބިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އާއި ޕީޕީއެމް. އޭގެ ތަފާތެއް އައިއްސަ އޮތް ތަނެއް އަޅުގަނޑަކަށް ނުފެނޭ،"

އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް."

ރައީސް ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" އަށް ރައީސް ނަޝީދު ސޮއި ކުރެއްވުމަށް މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅުގެ ރައްދުގައި ރައީސް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޗެލެންޖުކުރަނީ ގުޑ ާނުލެވޭވަރަށް ބަދެބާވާފައެންނޫ ހަސަދައިން ތިމާފުޑުފުޑުވަނީ ކޮންކަމާތަ ޗެލެންޖުކުރަންވެސްނޭގިގެން ރަށްޔިތުން.ވޯޓުލާން ނުކުންނަށްވީއިރުވެސް ޗެލެންޖުރަށްދުކުރާމީހަ ޖަލުގަ އެކަމަކު ޗެލެންޖު ހެހެ

  2. އެހެން ވެގެން ތިއުޅުއްވަނީ ޔާމީން ދޫކޮށްލަންނުކެރިގެން އަޖުމަ ބަލާލަން ޔާމީން ދޫކޮށްލަންވީނު

  3. ޢަހަރުމެންނަށް އެބަފެނޭ އެމްޑީޕީ ރޫޅޭތަން ހަފުތާއެއްގެތެރޭ ފެންނާނެ އެތަށް އެޑީ÷ީގެ މެމްބަރުން ދިދިމޮކްރެޓަށް ސޮއިކުރާނެ އިމްތިހާބާހިސާބައްދާއިރު އެމްޑީޕީގަތިބޭނީ 35000 ވަރަކަށް މެމްބަރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު