16 ޖަނަވަރީ 2025

ހަފީޒު ވެންޓިލޭޓަރުން ނަގައިފިި

މިދިޔަ މަހު ގަލޮޅު ދަނޑު ކައިރިން މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލީ ހަފީޒު އިއްޔެ ވެންޓިލޭޓަރުން ނަގައިފިިއެވެ.

އުމުރުން 50 އަހަރުގެ ހަފީޒްގެ ގައިގައި، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހުނީ މިދިޔަ މަހުގެ 28 ގައި އޭނާ ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައި މަގުމައްޗަށް ނުކުތް ވަގުތެވެ.

އަދިވެސް އިންޑިއާގައި ފަރުވާ ދެމުން އަންނަ ހަފީޒުގެ ހާލު ރަނގަޅުވަމުން އައިސް ވެންޓިލޭޓަރުން ނެގިކަމަށް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ މިހާރު އޮތީ،  ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށެވެ.

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ އަތުގައި ލައިސަންސް ނެތެވެ.

ލައިސަންސް ނެތި، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި ޖެހި، މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު ވެސް އޭނާ ހައްޔަރުކުރަން ގިނަ ދުވަސްތަކެއް ވަނީ ނަގާފައެވެ. އެކަމާހެދި، އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އެކަމަކު ފުލުހުން ބުނީ އެކްސިޑެންޓުގައި އެ ޒުވާނާއަށް ވެސް އަނިޔާތަކެއް ލިބުނު ކަމަށާއި އޭނާ ހައްޔަރުކުރުން ލަސް ކުރީ، އެ އަނިޔާތަކަށް ފަރުވާ ކުރަމުންދާތީ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު