Tuesday, 23 July 2024

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 28 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އެކި ފަހަރު މަތިން ގެއަކަށް ގޮސް، ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި މީހަކު 28 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ނިޝާން އިބްރާހީމް، ދުންފިނިގެ، ބ. ތުޅާދޫގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާއެވެ.

މި ދައުވާ ކޮށްފައިވަނީ، 2019 ވަނަ އަހަރު އެކި ދުވަސް މަތިން، ކުޑަކުއްޖާ އުޅޭ ގެއަށް ގޮސް، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އެ ކުއްޖާގެ ގައިގާ އަތްލާފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ދެ ދައުވާއަށް ވެސް ނިޝާން ވަނީ އިންކާރުކޮށްފައެވެ. ކޯޓުން އިއްޔެ އިއްވި ޙުކުމުގައި ވަނީ، އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެގޮތަށް ކޯޓުން ނިންމާފައިވަނީ، ކޮންމެ ދައުވާއަކަށް 14 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި، ޖުމްލަ 28 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައީސް ސޯލޭ ގެ ވެރިކަމުގައި އުމުރަށް ޖަލައްލާ މީހުން 25 އަހަރު . މިފަހަރު ކުޑަކުދިން ނާ ބެހުނީމާ 28 އަހަރު. ތިރީގަ އެލިފަ އޮތް އެއްޗޭ ނުކިޔާ އިސްލާމީ ޝަރީއަތް ޤައިމް ކޮށްބަލަ ގަމާރުން ތަކާ. އަންދާ ޤާނޫނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު