Saturday, 13 April 2024

ސިކުނޑީގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަނިންމޭޓަކު ނެގުން: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން، ސިކުނޑިފުޅުގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރަނިންމޭޓަކު ނެގުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައި ވ. ފުލިދޫގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަނިންމޭޓުގެ ކަންތައްތަކުގައި އެމްޑީޕީގެ އިސް ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، އަދި ކޮންމެ ދުވަހަކާއި ކޮންމެ ރެއަކުމެ ކަހަލަ ގޮތަކަށް އެބޭފުޅުންގެ ވިސްނުން ހޯއްދަވަމުންދާ ކަމަށެވެ.

"އެކި ނަންތައް އެބަ އާދޭ،"

ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން."

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަން ހަދާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ކަނޑައެޅުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ވެސް އޮތް ފުރުސަތެއް ކަމަށެވެ.

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމް އާއެކު ނުކުންނަވައިގެންނެވެ.

ރަނިން މޭޓަކަށް އެކި ނަންތައް އެބައާދޭ: ރައީސް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *