ގާސިމް އާއި ކާނަލް ނާޒިމްގެ ކުއްލި ބައްދަލުވުމެއް ކުރިއަށްދަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ކުއްލި ބައްދަލުވުމެއް ސަން އައިލެންޑްގައި ހިނގަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނާޒިމް އާއި އެމްއެންޕީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއް ސަން އައިލެންޑަށް ވަޑައިގަތީ މިއަދު ހެނދުނެވެ.

ނާޒިމްއާ އެކުގައި ސަން އައިލެންޑަށް ވަޑައިގެންނެވި އެމްއެންޕީގެ އިސް ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެެވެ.

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ގާސިމާއި ނާޒިމަކީ ކުރިއަށް އޮތް ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *