Saturday, 25 May 2024

ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމުތައް 36 ރަށަކަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ދަ ޑިމޮކްރެޓްސްގެ ޓީމުތައް 36 ރަށަކަށް ދަތުރު ކުރަމުން އެބަދެއެވެ.

ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ޓީމުތައް އިތުރު ރަށް ރަށަށް ދަތުރުކުރާނެއެެވެ. ޖުމްލަ 52 ރަށަކަށް ދާން ވަނީ ޕްލޭންކޮށްފައެވެ.

އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ހިމެނޭ "ފަސޭހަ ވިޔަފާރި" އިފުތިތާހު ކުރަން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިރޭ އޮންނާނެ ކަމަށެވެ. އެ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުންނާ އެކު 36 ރަށެއްގައި އެ ހަރަކާތް އޮންނާނެ ކަމަށް ބުންޏެވެ.

މެނިފެސްޓޯގެ ފުރަތަމަ ބައި އިފުތިތާހު ކުރުމުގެ ބޮޑު ހަރަކާތް އޮންނާނީ ބ. ތުޅާދޫގަ އެވެ. ޑިމޮކްރެޓްސް އިން ބުނީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ކަމަށެވެ.

އެ ދަތުރުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ އަދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އެހެން މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ މަގާމުތަކުން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ ތުޅާދޫގައެވެ. އަދި އެ ޕާޓީގެ މެމްބަރުން ދަނީ ކެމްޕޭންއަށް ދޮރުން ދޮރަށް ހަރަކާތްތައް ހިންގަމުންނެވެ.

ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *