އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުއާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށް އެދިވަޑައިގެން ރީކޯ މުސާ މަނިކު، ފައްޔާޒަށް ރައްދެއް ދެއްވައިފިއެވެ.
ރީކޯ މޫސާ މަނިކު އެގޮތަށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރަނިން މޭޓަކަށްވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ފައްޔާޒް ހާމަ ކުރައްވައި އެފަދަ ވާހަކަތަކަކީ ރީކޯ ދައްކަވާ ވާހަކަތަކެއް ކަމަށް ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.
alhugandu ge ehves interest eh thikan akah neih. Thivaahaka konmes sababakaa hure thivaahakaeh dhahkavamun dhanee @ReekoMoosa . eyee varah dherakameh https://t.co/JCJOc5W7sy
— Fayyaz Ismail (@faya_i) July 18, 2023
ފައްޔާޒްއަށް ރައްދު ދެއްވައި ރީކޯ ވިދާޅުވީ. އެމްޑީޕީގެ ޗެއާ ޕާސަންއަކަށް ހުންނަވަން ވާނީ އާންމު މެމްބަރުންނާއި ޒާތީ ނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ މީހެއް ކަމަށެވެ.
"ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާނުގައި އަޅުގަނޑާ ދިމާކުރުމަކީ ފަޔާވެސް ކޮށްގެން ވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ."
ރީކޯ ވިދާޅުވިއެވެ.
MDP ge Chair person akah hunnavan vaanee aammu membarunnaa zaatheenuve party ge membarunaaeku ulheveyne meeheh
Noosveringe Article thakuge sababun Ammu thanthaanga alhugandaa dhimaakurumakee Faya ves kohgen vaanekamehnoon kandaelhige dhoguvaahakanufathuraa— Moosa Maniku (Reeko) (@ReekoMoosa) July 18, 2023
ރައީސް ޞާލިހުގެ ރަނިންމޭޓަކާ ގުޅޭގޮތުން، އިއްޔެ އެ މަނިކުފާނު ވިދާޅުވީ އެއީ އުނދަގޫ ނިންމުމަކަށް ވެފައިވާ ކަމަށެވެ.
މި ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ފަށާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުޤެއްނެތް، އަޑުފަތުރަނީ ރީކޯ: ފައްޔާޒު