ތިމަރަފުށީގައި އިންޑިޔާގެ އަންހެނަކު ރޭޕް ކުރަން އުޅެފި

ތ. އަތޮޅު ތިމަރަފުށީގައި ބިދޭސީ އަންހެނަކު ރޭޕް ކުރަަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެރަށުގައި ބިދޭސީ އަންހެނަކު ދިރިއުޅޭ ގެއަކަށް ރޭ ދަންވަރުގެ ވަގުތެއްގައި މީހަކު ވަދެ، ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ އަންހެން މީހާއަކީ އަވައްޓެރި އިންޑިޔާގެ ރައްޔިތެކެވެ. އަދި އޭނާ ރޭޕް ކޮށްފައިވާ ކަމަށް  ސޯޝަލް މީޑިޔާގައި ދައުރުވަމުން އެބަދެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު