އެއް ފަސް އަހަރު އޮވެގެން، ނުނިންމޭނީ އެންމެ ކަމެއް ކަމަށާއި، އެއީ ކޮރަޕްޝަންގެ ކަންތައް ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަައްމަދު ނަޝީދު ރައްދެއް ދެއްވައިފިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ބ. ތުޅާދޫގައި ބޭއްވި އެ ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ގެންދަވަނީ ދެވަނަ ދައުރެއްގެ ހުވަފެނުގައި، ކެޕްއިން ދަތުރުތައް ކުރައްވަމުންނެވެ.
ނަޝީދު ވިދާޅުވީ، ފެށިފައި ހުރި ކަންކަން ނިންމޭނީ އަދި އެއް ފަސް އަހަރު އޮވެގެން ކަމަށް ދެކެވެމުންދާ ވާހަކަތައް އަޑު އިޥޭ ކަމަށެވެ.
"ނޫން. އެންމެ ކަމެއް ނުނިންމޭނީ، އެއް ފަސް އަހަރު އޮވެގެން، އެއީ އަޅުގަނޑުމެން އެއްބަސްނުވެ ކުރަން ފެށި ކަންތައް، އެއީ ކޮރަޕްޝަންގެ ކަންތައް، އެ ނޫން ކޮންމެ ކަމަކީ އެއްބަސްވެގެން އެކުގައި ނިންމަން ކަނޑައެޅި ކަންތައްތައް، މަގެއް އަޅުގަނޑުމެންނަށް އަޅާލެވޭނެ ދެ ލޯ މަރައިގެން ތިބެ."
ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އަމީނީ މަގު ހެދުމަކީ މެގަ ޕްރޮޖެކްޓަކަށް ވެގެން ނުދާނެ ކަމަށެވެ. އަދި ނަރުދަމާ، ފެނާއި، ބަނދަރުގެ މަސައްކަތެއް ފެށިއްޖެ ކަމުގައިވީނަމަވެސް އެއިން ކޮންމެ މަސައްކަތެއް ފަށަން ޖެހޭނީ ފަށާ ދުވަހާއި، އަތުގައި އޮތީ ކޮން އެއްޗެއްތޯ އާއި މި މަސައްކަތް ފަށައިގެން ގޮސް ނިންމަން ކިހާ ދުވަހެއް ނަގާތޯ އަންދާޒާ ކުރެވި، އަދި އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމެއްވެސް ރޭވިގެން ކަަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ދެވަނަ ދައުރެއްގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ކުރުން އެއީ ރާއްޖެއަށް ރަނގަޅު ކަމެއް ނޫން ކަމަށްވެސް ނަޝިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމަޒަކީ، އެންމެ އަމާޒެއް، މަގްސަދަކީ އެންމެ މަގްސަދެއް، އެއީ ރައްޔިތުންގެ ފައިދާ އާއި ރައްޔިތުންގެ މަންފާ އާއި ލާބައަށް ކުރެވެން ހުރި ހުރިހާ މަސައްްކަތެއް އަޅުގަނޑުމެން ކުރުން"
ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ޑިމޮކްރެޓުންނަކީ ވިސްނުންތެރިކަމާއި އެކީގައި މި ރާއްޖޭގައި ވެރިކަން ވަރަށް ރަނގަޅަށް ހިންގޭނެ ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓުންނަކީ ވިސްނުންތެރިކަމާއި އެކީގައި މި ރާއްޖޭގައި ވެރިކަން ވަރަށް ރަނގަޅަށް ހިންގޭނެ ބައެއް. އަދި ސިޔާސަތުތަކެއް އެކުލަވާލާނެ ބައެއް.".
ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ ތުޅާދޫގައެވެ. އަދި އެ ޕާޓީގެ މެމްބަރުން ދަނީ ކެމްޕޭންއަށް ދޮރުން ދޮރަށް ހަރަކާތްތައް ހިންގަމުންނެވެ.
ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ހެ ހެ ހެ ހޭ ތިޔަގޮވަނީ ގުދޯ ގުދޯ