Thursday, 18 April 2024

ޑިމޮކްރެޓްސްގެ ވިޔަފާރި ސިޔާސަތު: ރަހުނާއި އިކުއިޓީއާ ނުލައި ލޯނު ލިބޭނެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާ ވިޔަފާރިތައް އުފައްދަން ސަރުކާރުން ދޫކުރާ ލޯނުތަކަކީ ރަހުނާއި އިކުއިޓީގެ ޝަރުތު އުނިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާނެ ލޯނުތަކެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗުކުރި އިވެންޓްތަކުގައެވެ. އަންނަ ސެޕްޓެންބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުގެ ތެރެއިން، ފުރަތަމަ ސިޔާސަތު ލޯންޗުކުރުމަށް ރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓްތައް ވަނީ ބާއްވާފައެވެ.

Image

ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ލޯނު ދޫކުރުމުގައި ބަލާނީ އެއީ ފީޒިބަލް ބިޒްނަސް ޕްރޮޕޯސަލަކަށް އެކަނި ކަމަށެވެ.

"މޮގޭޖެއް، އިކުއިޓީއެއް ނޯންނާނެ މީގައި، ފީޒިބަލް ވިއްޔާ ފައިސާ ހަމަޖެހޭނެ، އަޅުގަނޑުމެން މި ބަލަނީ އެންމެ ބޮޑު ވެގެން ވެސް ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގެ ގޮތުގައި ބާއްވަން،"

ޑިމޮކްރެޓްސްގެ މެނިފެސްޓޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިލްޔާސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ސިޔާސަތުގައި ވާގޮތުން، ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ފަށަން ބޭނުންވާ މެޝިނަރީ އާއި އިކުއިޕްޓްމަންޓްތައް ފާހަގަކޮށް އެފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ވެސް ކަނޑާލައިދޭނެއެވެ.

ޕޭޕަލް އަދި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖޭގެ ތައާރަފުކުރުމަށް މާލީ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސް އެ ކަން ކޮށްދޭނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ ސިޔާސަތު ކަރުދާހުގައި ހިމަނާފައިވެއެވެ.

Image

އާންމު ވިޔަފާރިތަކުން ކުރާ ވިޔަފާރިތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރުމަކީ ޑިމޮކްރެޓްސްގެ ސިޔާސެއް ނޫންކަމަށްވެސް ހާމަކުރެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *