އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށްވުރެ ސައުދީ ޕްރޯ ލީގު، މާ ގަދަވާނެ ކަމަށް އަލް-ނަސްރަށް ކުޅެމުން އަންނަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮލާންޑޯ ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހު ކޮޅު ރޮނާލްޑޯ އަލް-ނަސްރަށް ބަދަލުވި ހިސާބުން، ސައުދީ ލީގަށް ދުނިޔޭގެ އެންމެ މޮޅެތި ގިނަ ކުޅުންތެރިން ބަދަލުވާން ފެށިއެވެ. މި ފަހުން ސައުދީ ލީގުގެ ކުލަބުތަކުން ވަނީ ޔޫރަޕުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ލީގަށް ގެންގޮސްފައިވެއެވެ.
ޔޫރަޕުގައި ކުޅެން އޭނާ ދެން ބޭނުންނުވާ ކަމަށާއި، އަދި އެމްއެލްއެސް އަށްވުރެ ސައުދީ ލީގު ރަނގަޅުވާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.
ދުނިޔޭގެ މަޤްބޫލު ގިނަ ކުޅުންތެރިން ސައުދީ ލީގާ ގުޅެމުންދާއިރު، ކުރިއަށް އޮތް ފަސް އަހަރު، ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި ސައުދީ ލީގު ހިމެނޭނެ ކަމުގައިވެސް ރޮނާލްޑޯ ބުންޏެވެ. މީގެ އިތުރުން، ޔޫރަޕް ފުޓުބޯޅައިގައި ކޮލިޓީ ނެތް ކަމަށާއި, ރަނގަޅު ލީގަކަށް ދެން އޮތީ އިނގިރޭސި ޕްރިމިއަރ ލީގު ކަން ވެސް އޭނާ ވަނީ ބުނެފައިވެއެވެ.
ޕޯޗުގަލުގައި އޮންނަ ސަމަރ ޓްރެއިނިންގ ކޭމްޕްގައި ބައިވެރިވުމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސައުދީގެ އަލްނަޞްރުއާ، ކްރިސްޓިއާނޯ ރޮނަލްޑޯ ވަނީ ގުޅިފައެެވެ.
އަލްނަޞްރުގެ އައު ކޯޗު ލުއިސް ކެސްޓޯގެ ކޯޗުކަމުގައި ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. 2022/23 ގެ ލީގުގައި އަލްނަޞްރަށް ކުރިމަތިވި ނާކާމިޔާބީއާއެކު ލީގު ނިންމާލީ އެއްވެސް ޓައިޓްލްއެއް ނުލިބިއެވެ.
މިއަހަރުގެ ސީޒަންއަށް، މިލާންގެ ކްރޮއޭޝިއާގެ މިޑްފީލްޑަރ މާސެލޯ ބްރޮޒޮވިކް އާއެކު، އަލްނަޞްރުން ވަނީ 3 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.
އަލްނަޞްރުން ކުރިން އިޢުލާންކޮށްފައިވާ ގޮތަށް ދުނިޔޭގެ މަޝްހޫރު އިތުރު ކުޅުންތެރިންނާ އަލްނަޞްރަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ދުނިޔޭގެ ރިކޯޑު އަގަކަށް ސައުދީގެ ލީގަށް ބަދަލުވެ އަލް-ނަސްރަށް ރޮނާލްޑޯ ކުޅެމުން އަންނައިރު، ފުރާންސްގެ ޕީއެސްޖީ ދޫކޮށް އިންޓަރ މައޭމީއަށް މެސީ ބަދަލުވެފައިވަނީވެސް ރިކޯޑު އަގަކަށެވެ.