15 ޖަނަވަރީ 2025

ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

ބ. ތުޅާދޫ ކައުންސިލްގެ އެމްޑީޕީގެ ދެ މެންބަރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅުމުން އެމްޑީޕީއަށް އެ ރަށު ކައުންސިލްގެ މެޖޯރިޓީ ގެއްލިއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ހޮނުވު އިސްމާއީލް ދާވޫދާއި އަހުމަދު އާދިލު ޑިމޮކްރެޓްސް އަށް ސޮއިކުރެެއްވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ތުޅާދޫގައި ބޭއްވި ބައްދަލުވުމަ އެވެ. މި ބައްދަލުވުމުގައި ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ. އަލަށް ގުޅުނު ދެ ކައުންސިލަރުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާ، ތުޅާދޫއަކީ އެމަނިކުފާނުގެ ސިޔާސަތުގައި މުހިންމު ރަށެއްކަން ފާހަގަކުރައްވާފައެވެ.

މިވަގުތު ތުޅާދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ ނަޝީދުގެ އަރިހުގައި ހުންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިޔާ ގުޅިވަޑައިގެންނެވި، ހިސާން ހުސައިންއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު