15 ޖަނަވަރީ 2025

ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި

އައިޖީއެމްއެޗްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ބައެއް ނަގައިފި ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ، ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލުގެ ދަ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރެޓޮރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާއިން ކުޅެން ގުންގުޅޭ ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ.

"އެ ކުއްޖާ އުޅުނީ އޭތި ދެ ތުންފަތް ދޭތެރޭގައި ބާއްވައިގެން ފުމުމުން އަޑު ގޮވާތީ، ކޮއްކޮއަށް އެ މަންޒަރު ދައްކަން. އެހެން ނަމަވެސް އެ ކުއްޖާއަށް އޭތި ދިރުވާލެވުނީ". ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވަނީ އަނގަ ތެރެއަަށާއި، އަދި ދެ ތުންފަތް ދޭތެރޭގައި އެފަދަ އެއްޗެހި ލައިގެން އުޅުމީ ނުރައްކާތެރި ކަމެއް ކަމުގައި ވިދާޅުވެފައެވެ.

ޑޮކްޓަރު ވަނީ، މިކަމުގައި ރޭޑިއޮލޮޖީ ޓީމާއި، އަދި މިކަމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު