ރައީސް ނަޝީދު އުފެއްދެވި، "ދަ ޑިމޮކްރެޓްސް"ގެ ފިކުރާއި ރާއްޖޭގެ އިސްލާމީ ފޭރާމާއި ނުގުޅޭ ކަމަށް، ދީނީ އިލްމުވެރިޔާ ޝެއިޙް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު އެކި ރަށްރަށުގައި ކުރިއަށްދާއިރު، އަލީ ޒައީދު ވިދާޅުވީ، ޑިމޮކްރެޓްސް އިސްބޭފުޅުންނަކީ "ވެސްޓަރން މޮޑާން ލިބަރަލް" ފިކުރުތަކެއް ގެންގުޅޭ ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ހިންގުމާ ސިޔާދަތު ކަނޑައެޅުމުގައި މި ފިކުރުގެ އަހުލުވެރިން ބައިވެރިކޮށްގެން ކުރާ މަޝްވަރާތަކުން ހެވެއް ނުކުންނާނެ ކަމަކަށް ނުދެކޭ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
"ރާއްޖޭގެ އިސްލާމީ ފޭރާމާއި މިފިކުރު ނުގުޅޭ.". އޭނާގެ ޓްވީޓްގައި ވެއެވެ.
ޑިމޮކްރެޓްސް އިސްބޭފުޅުންނަކީ ވ ވެސްޓަރން މޮޑާން ލިބަރަލް ފިކުރުތަކެއް ގެންގުޅޭ ބައެއް! ދިވެހިރާއްޖޭގެ ހިންގުމާ ސިޔާދަތު ކަނޑައެޅުމުގައި މި ފިކުރުގެ އަހުލުވެރިން ބައިވެރިކޮށްގެން ކުރާ މަޝްވަރާތަކުން ހެވެއް ނުކުންނާނެ ކަމަކަށް ނުދެކެން! ރާއްޖޭގެ އިސްލާމީ ފޭރާމާ މިފިކުރު ނުގުޅޭ!
— Ali Zaid (@alizaid1000) July 19, 2023
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، އޭނާ އަކީ ރައީސް ޞާލިޙް ޕްރޮމޯޓްކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލައްވާ ބޭފުޅެކެވެ. އަދި އޭނާގެ ރަޙްމަތްތެރިޔާ ޑރ. އިޔާޒުއާއެކު ސޯޝަލް މީޑިޔާގައި ކެމްޕެއިން ކުރައްވަމުން ގެންދަވައި، ސިޔާސީ ކަންކަމަށް އިސްކަންދޭ ބޭފުޅެއްކަން ވެސް ފާހަގަކުރެވެއެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެ ޕާޓީން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެ، އިދިކޮޅު ޕީޕީއެމް އާއި އެމްއާރުއެމްއާ އެކަމުގައި މަޝްވަރާ ކުރަން ތިން ޕާޓީގެ އިސް ބޭފުޅުން ވެސް އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ޒައިދަކީ ކަނޑުކޮހެއް. އަމިއްލަ އެދުމުގެ ކަނޑުކޮހެއް.