ރާއްޖޭގެ ވެރިކަމަށް އެންމެ "ލާއިގު" ބޭފުޅަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި، މިފަހަރަކީ ޤާސިމުގެ ފަހަރުކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޤާސިމްއަކީ ވެރިކަމަށް އެންމެ ލާއިގު ބޭފުޅާ ކަމަށް ވިދާޅުވެ އޭގެ ސަބަބުތައް ވެސް އޭނާ ސާފުކޮށްދެއްވަމުން، ގާސިމް އެއީ އޭނައަށް މީހަކު އަނިޔާއަށް ދިނަސް އެކަން ހިތުގައި އަޅައިގެން އުޅޭ މީހެއް ނޫން ކަމަށާއި އަދި އޭނާއަކީ ސަރުކާރެއް ހިންގުމުގެ ފުރިހަމަ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މުސްޠަފާ ވިދާޅުވިއެވެ.
"ގާސިމް ހުރީ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރު ކަމާއި މަޖިލިސްގެ ރައީސް ކަންކޮށްފަ." މުސްތަފާގެ ޓުވީޓުގައި ވެއެވެ.
veri kamah enme laaigu beyfulhakee Qasim ibrahim.Qasim eii eyna ah meehaku aniyaa eh dhinas ekan hithuga alhaagen ulhey meeheh noon.Qasim akee Sarukaareh hingumuge furihama Thajuribaa huri beyfulheh.Qasim huree Governor kamaai Finance minister kamaai Majilise ge Raees Kan kohfa.
— Mohamed Musthafa (@Thimarafushi) July 20, 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާއިރު، ވަރަށް ފޯރީގައި ޤާސިމްގެ ކެމްޕޭންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.