ފޮއްތެޔޮ ފަޅު ވިއްކަނީ މަނީލޯންޑަރިންގެ ތުހުމަތުކުރެވޭ މީހަކަށް: ޕީޕީއެމް ކޯލިޝަން

މިސަރުކާރުން ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ވިއްކަން އުޅެނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މީހަކަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާއެއްގައި ސަރުކާރަށް ފާޑުވިދާޅުވެ އޭނާ ވަނީ ފަޅު ވިއްކާލަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރެއް ހޯދުމަށް ކުރާ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމަށާއި، މި ފަޅަކީ ރާއްޖޭގެ އާބާދީއަށް އެއްވެސް ތުރާލަކާ ނުލައި އުޅެވޭނެވަރުގެ ތަނެެއް ކަމަށެވ.ެ

"މިތަން އެ ވިއްކަނީ ސީދާ މަނީ ލޯންޑަރިންގެ ތުހުމަތު އޮތް ފަރާތަކަށްކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި އެބަހުރިކަމަށް މައުލޫމާތު ލިބޭ. އޭސީސީއަށް ވާނީ މައްސަލަ ލާފަ."

 ސައީދު ވިދާޅުވިއެވެ

ފޮއްތެޔޮ ފަޅު ބަޔަކަށް ވިއްކާލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ޕީޕީއެމްއިން މީގެ ކުރިން ބަޔާނެއް ނެރިފައިވާއިރު އެކަމަކީ ޤާނޫނާ ޚިލާފަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް ބުނެ ޕީޕީއެމްގެ ބަޔާނުގައި ވަނީ "ފޮއްތެޔޮ ފަޅު ޑީލް" ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި މިމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބަލާ ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ގޮވާލާފައިވެއެވެ.

އެނގިފައިވާ ގޮތުގައި، ފޮއްތެޔޮ ފަޅަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅެވެ.

ކުންފުނިތަކުން ޤާނޫނާ ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށްވެސް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ