16 ޖަނަވަރީ 2025

ސިޔާމްގެ ޕާސްޕޯޓް، ސިންގަޕޫރުން ހިފެހެއްޓި މައްސަލައިގައި، އޭނާގެ ދިފާއުގައި ސަރުކާރުން ތެދުވެއްޖެ

ހިލްޓަން އަށް ފައިސާ ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓައި ފުރުން މަނާކުރި މައްސަލައިގައި، އޭނާގެ ދިފާއުގައި ދިވެހި ސަރުކާރުން ތެދުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމާ އެކު ޖެހިގެން އައި ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިޔާމްގެ ދިފާއުގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ސިޓީއެއް ފޮނުވައިފައެވެ.

ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން 2013 ގައި ބާތިލުކޮށްފައިވާއިރު، ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފައެވެ. އެހެންނަމަވެސް އެ ފައިސާ ސަން ސިޔާމުގެ ކުންފުނިން ދައްކާފައި ނުވާތީ، ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅާފައެވެ.

ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން ސިޔާމަށް ވަނީ އަންގާފައެވެ.

ސިޔާމް ސިންގަޕޫރުގައި ފުރުމުން މަނާކުރުމުން، އެނބުރި ވަޑައިގަތުމަށް އޭނާ ގެންދަވަނީ ގާނޫނީ މަރުހަލާތައް ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ޚަބަރު ލިބެއެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްގެ މައްޗަށް ހުކުމެއް ކޮށްފައެވެ. 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް، އެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ނިމުނީ ހިލްޓަންއާ ކޮޅަށެވެ.

ސަން ޓްރެވަލްސްއިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ސިވިލް ކޯޓުން އެގޮތަށް އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.

ސަން ސިޔާމުގެ އެމްޑީއޭއިން އަންނަނީ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއެކު ބައިވެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު