22 އެޕްރީލް 2025

އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ: ރައީސް ޞާލިޙް

އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތިލަދުންމަތީ އުތުރުބުރީ ތަކަންދޫގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ މިއަދު ހޯދިފައިވާ އަމާންކަމާއި ހަމަޖެހުން ބީވެގެން ގޮސްފިނަމަ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ފަށާފައިވާ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ ރައީސްވަނީ ތަކަންދޫގެ ތަރައްގީއަށް ކުރާނެ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.

" ރާއްޖެއަށް ގެންނަންފެށި ބަދަލު އަދި ނުނިމެ. ތަރައްގީގެ މަޝްރޫއުތައް އަދި ނިމުމަކަށް ނުދޭ. މި ބޭއްވޭ އިންތިހާބުގައި ނުކުންނަ ނަތީޖާއަކުން މިކަންކަން ހުއްޓިގެން ދިއުމަކީ އެކަށީގެންވާކަމެއް. އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށް. ރައްޔިތުން ބޭނުންވަނީ ތަރައްގީ. "

ރައީސް ސާލިޙް

އަންނަ ރިޔާސީ އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން ކާމިޔާބު ކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިމަހު 9 ވަނަ ދުވަހު ރައީސް ފެއްޓެވީ ށ. ކޮމަންޑޫ އިންނެވެ. ރިޔާސީ އިންތިހާބު ކުޑަތަން ވެފައި ވާއިރު، ކޯލިޝަން އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ކެމްޕެއިން ފަށާފައިވާ ރައީސް ޞާލިހް އަންނަނީ ކެމްޕެއިން ޖަލްސާތަކުގައި ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު