Wednesday, 22 May 2024

ސިޔާމަކީ ކުށްވެރިއެއް ކަމަށް، ޑރ. އިޔާޒު ސިފަކުރައްވައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަކީ ކުށްވެރިއެއް ކަމަށް، ޑރ. މުހައްމަދު އިޔާޒު ސިފަކުރައްވައިފިއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ ސިޔާމް ފުރުން މަނާ ކުރި މައްސަލައި ތެރެއަށް ފޮރިން މިނިސްޓްރީން ވަދެފައިވާ ޚަބަރު ފެތުރުމުން ކުރެއްވި ޓުވިޓެއްގައެވެ. އެޓުވިޓުގައި ސިޔާމްގެ ނަން އިޔާޒް ފާހަގަ ނުކުރި ނަމަވެސް އޭނާ ވިދާޅުވީ، ސިޔާމަކީ ކުށްވެރިއެއް ކަމަށެވެ.

"ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބިދޭންޖެހޭނެ."

އިޔާޒް ވިދާޅުވިއެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވުމުން ޕާސްޕޯޓް ހިފަހައްޓައި އޭނާ އެ ގައުމުން ފުރުން ވެސް ވަނީ މަނާކޮށްފައެވެ. ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *