ނޫސްވެރިން ކޮއްޕާލި ފުލުސް މީހާ ސަސްޕެންޑްކޮށް މައްސަލަ ބަލަން ފަށައިފި

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ލީޑާޝިޕް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ތިބި ވަގުތު ފުލުހުން އެ މީހުން ދުރަށް ޖައްސަމުން ދިޔަ މަންޒަރުތައް ކަވަރު ކުރަން ތިބި ނޫސްވެރިން ކޮއްޕާލި އެސްއޯ ފުލުސް މީހާ ސަސްޕެންޑްކޮށް މައްސަލަ ބަލަން ފަށައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިބި ޕީޕީއެމް ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހައްޔަރުކުރުމަށްފަހު، އެކަން މަޖިލީހަށްވެސް ވަނީ އަންގަވާފައެވެ.

މިއަދު ޖުމްހޫރީ މައިދާނުގައި ތިއްބާ ހައްޔަރުކޮށްފައިވަނީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ބޭފުޅުންގެ އިތުރުން  ސިޓީ ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ސުޖާއު އަދި އަހުމަދު އައިފާން ހިމެނެއެވެ.

އިދިކޮޅުން ޖުމްހޫރީ މައިދާނަށް ވަދެ އިށީނދެ ތިބީ އިދިކޮޅު ޕާޓީގެ ލީޑަރ، އަދި ކުރީގެ ރައީސް ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ބާރުއެޅުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ހަތް މީހަކު ހައްޔަރުކުރީ މަނާ ސަރަހައްދަކަށް އެއްވުމާއި، ފުލުހުންގެ އަމުރަށް އެ ސަރަހައްދު ދޫކޮށް ނުދިއުމުންނެވެ.

މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރި ނަމަވެސް ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަށް ކޯޓަށް ގެންދިއުމާމެދު އަދި ގޮތެއް ނުނިންމައެވެ.

އިދިކޮޅު ޕީޕީއެމް ކޮލިޝަންގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ހައްޔަރުކުރިއިރު، މާލޭގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އެ މައްސަލަ ޕީޕީއެމްއިން ވަނީ ކުށްވެރިކޮށްފައެވެ. ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނުގައި ވަނީ، އެއްވެސް ކުށެއްނެތި ހައްޔަރުކޮށްފައިވާ މިކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުންނާއި ސިޓީ ކައުންސިލް މެންބަރާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް ވަގުތުން ދޫކޮށްލުމަށް ގޮވާލާކަމަށާއި، ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ދިވެހީންގެ ރިޔާސީ ކެންޑިޑޭޓްގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ އެންމެހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާ ލުމަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާ ކަމަށެވެ. އަދި އެއްވެސް ކުށެއް ނެތި ހައްޔަރުކޮށްފައިވާ މިކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސެނެޓަރު އަދި ސްޓިއަރިންގ ކޮމިޓިގެ ރައީސް ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު