ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި އިތުރު 20,000 ހައުސިން ޔުނިޓް އަޅައި, އެއްވެސް ކުއްޔަކާ ނުލައި އެ ފްލެޓްތައް ދިވެހިންނަށް ކަމަށް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އަދި ސޯޝަލް ހައުސިންގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ފުލެޓެއްގެ ކުލި މަޢާފުކޮށްދެއްވާނެ ކަމަށް ޤާސިމު ވިދާޅުވިއެވެ.
ހިޔާ ފްލެޓާއި ސިފައިންގެ ފްލެޓްތަކުގެ ކުލި މާފު ކުރާނެ ކަމަށް، މީގެ ކުރިން ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށް ވިޔަސް، ގެކަމަށް ވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެ ހުރިހާ ފައިސާއެއް މާފުކޮށްދޭނަން"
ޤާސިމް ވިދާޅުވިއެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެން ދަންވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާ ވާހަކަ. އެ ހައުސިން ޔުނިޓްތައްވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައިވެސް އަދި މާލޭގައިވިޔަސް މި ދެންނެވި އުސޫލުން ފައިސާ ނުނަގާ ގޮތަށް"
ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ, ޖޭޕީގެ ސަރުކާރެއްގައި ފްލެޓްތައް ދޭނީ ގެދޮރަށް ބޭނުންވެފައި ތިބި މީހުންގެ ތެރެއިން އެކަމަށް ޝަރުޠު ހަމަވާ އެންމެ އެކަށީގެންވާ މީހުންނަށް ކަމަށާއި ފްލެޓް ދިނުމުގައި ވަކި ޕާޓީއެއްގެ މީހަކަށް ނުބަލާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެތައްލައްކަސަރުކާރުގެއެތައްފައިސާއެއްއެއްބަޔަކައްދިނުމުންފުރަތަމައިންވެސްހަމަހަމަކަންގެއްލުނީއެވެއެހެންކަމައްވާނަމަރާއްޖެތެރޭގެކޮއްމެމީހަކަށްޤާސިމުހިލޭގެއެއްއަޅައިދޭންޖެހޭނެއެވެދިވެހިލޮބުވެތިރައްޔިތުންގެލޯނުފައިސާްާސިމަށްމަޢާފުކޮށެއްނުދެވޭނެއެވެއަދިމިއީއިސްލާމްދީނާއިޚިލާފުކަމެކެވެ