18 ޖަނަވަރީ 2025

އަލްޓްރާ ސޮނިކް ބުރުސް: ދަތްތައް ރީތިކޮށްލަން މިވަރެއް ނެތް

ޔޫރަޕްގެ ޓެންޓަލް ހައިޖީން ކެޕިޓަލުން އުަފައްދާފައިވާ އަލްޓްރާ ސޮނިކް ދަތް އުނގުޅާ ބުރުހަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަޢާރަފްކުރެވިފައިވާ މޮޅު ބުރުހެކެވެ. މި ބުރުހުން ދަތް އުނގުޅާލައިގެން ދަތްތައް ސާފުކޮށް، ތިބާގެ ދަތްތައް ކުރިން ހުރި ރީތިކަމަށް ގެނެވިދާނެއެވެ.

ތިބާގެ ހިރުގަނޑު ހަލާކުވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، މި ބުރުހަކީ ހިރުގަނޑަށް ރަނގަޅު ފަރުވާއެކެވެ. ހިރުގަނޑު ގިރޭނަމަ، މި ބުރުސް ބޭނުންކުރުމުން އެކަމަށް ހައްލެއް އަންނާނެވެ.

ކުޑަ ވަގުތުކޮޅެއްގައި ދަތް އުނގުޅާލައިގެން ދަތްތައް ސާފުކޮށް ރީތިކޮށް ބަހައްޓަން މިއީ ވަރަށް ރަގަޅު ބުރުހެކެވެ.

ހިރުގަނޑަށާއި ދަތްތަކަށް އަދި އަނގަޔަށް ދަތުނުވެ، ފަސޭހަކަމާއެކު ދަތްތައް އުނގުޅާލައިގެން ހިތްހަމަ ޖައްސާލަން މި ބުރުސް ބޭނުންކުރުން ރަނގަޅެވެ.

މި ބުރުސް ބޭނުންކުރާއިރު އަންނަ ވައިބްރޭޝަންގައި، މިނެޓެއްގެ ތެރޭގައި 5،000 ފަހަރު ފައިބްރޭޝަން އާދެއެވެ. މިކަމުގެ ސަބަބުން، ދަތްތަކަށް ބާާރު ނުކޮށް އެންމެ ދަތްތަކުގެ އެންމެ ބުޑާއި، އަޑިއަށް ދާންދެން ފަސޭހަ ކަމާއެކު މި ބުރުހުން ދަތްތައް އަލިކޮށްދޭނެއެވެ.

މި ބުރުހުން ނުކުންނަ ނޫކުލައިގެ އައްޔަކީ، ދަތްތައް އޮފުކޮށްދީ ދަތްތައް މުޅިން ހުދުކޮށްލައި، ކޮފީ ފަދަ އެއްޗެހި ބޮއިގެން ދަތަށް އައިސްފައި ހުންނަ ކުލައާއި ކުރަކިކަން މުޅިން ފޮހެލާން އެހީތެރިވެދޭނެ އެއްޗެކެވެ.

މި ބުރުހުން ދަތް އުނގުޅާލަން ބޭނުންވަނީ ހަމަ އެންމެ މިނެޓެކެވެ.

މި ބުރުސް ބޭނުންކުރޭނެ ގޮތް:

1- ފުރަތަމަ ތިރީގައި އެފެންނަ ގޮތަށް ދަތް އުނގުޅާ ބޭސް ލާށެވެ.

2- އަނގަޔަށް ބުރުސް ލުމަށްފަހު، އޭގައިވާ ބަޓަންއަށް ފިތާލާށެވެ. މި ބުރުހުން ދަތް އުނގުޅާލަން މިއީ ވަރަށް ފަސޭހަ ކަމެކެވެ. ހަމަ އެންމެ މިނެޓެއްގެ ކަމެކެވެ.

 

މި ބުރުހުން ދަތްތައް ސާފުވަނީ ކިހިނެތް؟

މި ބުރުހަށް އަންނަ ވައިބްރޭޝަނަކީ ދަތްތައް ސާފުކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ގޮތެވެ. ބޭނުންކުރާ ވަގުތު ދަތްތަކަށް އަރާމުވެފައި، ހިތްހަމަޖެހުން ލިއްބައިދޭނެއެވެ. ހަމަ އެންމެ 30 ސިކުންތުންވެސް ދަތްތައް ސާފުކޮށްލާނެއެވެ. އެކަމަކު އެންމެ ރަނގަޅީ 1 މިނެޓް ވަންދެން ބޭނުންކޮށްލުމެވެ.

މި ބުރުހުން ނުކުންނަ ނޫކުލައިގެ އަލި ބޭނުންކޮށްގެން ދަތުގެ އެންމެ ރީތިކަން ގެނެވެއެވެ. މިކަމަށް ރަނގަޅީ 5 ވަރަކަށް މިނެޓް ހޭދަކޮށްލުމެވެ.

މި ބުރުސް ޗާޖުކޮށްލަންޖެހޭނީ މަހަކު އެއް ފަހަރުއެވެ. އެހާވެސް ގިނަ ދުވަހު މީގެ ބެޓެރި ހިފަހައްޓާލައެވެ.

ޑެންޓިސްޓުން ކައިރިއަށް ނުގޮސް، ދަތްތަކުގެ ރީތިކަން ގެނައުމަށާއި ދަތުގެ ފަރުވާއަށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އަލްޓްރާ ސޮނިކް ބުރުސް ބޭނުންކޮށްލަން މާ ފަސޭހައެވެ.

ބުރަކޮށް އުޅޭއިރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތްތައް ސާފުކޮށްލަން ހަމަ މިވަރެއް ނެތެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު