Saturday, 13 April 2024

ބަޣްދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީގައި ހުޅުޖަހައިފި

އިރާޤުގެ ވެރިރަށް ބަޣްދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީ ސަރަހައްދަށް އެތައް ބަޔަކު އެއްވެ މުޒާހަރާކޮށް، އެ އެމްބަސީއަށް ހަމަލާދީ، ހުޅުޖަހައިފިއެވެ.

މައްސަލަ ހޫނުވެފައި މި ވަނީ ސްވިޑްންގައި ޚަތިމު އަންދަމުންދާތީ އެކަމާ ދެކޮޅު ހެދުމުގެ މުޒާހަރާތަކެއް ފެށިގެން ދިއުމާ ގުޅިގެންނެވެ. ސްވިޑްން އެމްބަސީ ހުންނަ ސަރަހައްދަށް އެއްވެ، މުޒާހަރާގެ ބައިވެރިން ވަނީ އެމްބަސީގެ ފާރުމަތިން އަރައި، އިމާރާތަށް ގެއްލުންދީ އިމާރާތުގައި ހުޅުޖަހާފައެވެ.

މިކަމާ ގުޅިގެން ސްވިޑްންގެ ފޮރިން މިނިސްޓަރު، ޓޮބިއަސް ބިލްސްޓްރޯމް ވިދާޅުވީ އެމްބަސީގެ މުވައްޒަފުންނަށް ރައްކާތެރިވި ނަމަވެސް، ވިއެނާ މުއާހަދާއާ އެއްގޮތަށް އެމްބަސީ ހިމާޔަތް ކުރުމުގެ ޒިންމާގައި އިރާގުގެ ކަމާބެހޭ ފަރާތްތަކުން ނާކާމިޔާބުވެފައި ވާކަމަށެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރިން ވަނީ ހަފުތާތަކެއް ފަހުން ސްވިޑްންގައި ދެވަނަ ފަހަރަށް ޚަތިމު އެންދުމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ގޮތުގައި ސްވިޑެންގެ އެމްބަސީ ދޮށުގައި ހުންނަ ފިންލޭންޑްގެ އެމްބަސީ ވަނީ މިހާރު ހުސްކޮށް، އެތަނުގެ މުވައްޒަފުންނަށް ސަލާމަތްކަން ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *