29 އެޕްރީލް 2025

މުލީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ކަޅު ތެޔޮ ޖަހައިފި

މުލަކަތޮޅު މުލީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ކަޅު ތެޔޮ ޖަހައިފިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހިންގާފައިވާ މި ޢަމަލާބެހޭ ގޮތުން، އެމްޑީޕީން ބުނެފައިވަނީ، ކަޅު ތެޔޮ ޖެހުމަށްފަހު ތަނަށް ގެއްލުން ދޭން ވެސް މަސައްކަތްކޮށްފައިވާ ކަމަށާއި، ހަރުގޭގައި ހުރި ޓީވީ ބޮކްސްއަށް ގެއްލުން ދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. މިކަން ކުރި ބަޔަކު އަދި ހޯދިފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަ ތަންވަމުން އަންނައިރު، ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވަމުންދާއިރު، ހުރިހާ ޕާޓީތަކަކުންވެސް ގެންދަނީ ކެޕްއިން  އަތޮޅު ތެރޭގައިވެސް ޙަރަކާތްތައް ހިންގަމުންނެވެ. ދާދި ފަހުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްުވެސް ވަނީ އަރަށަށް ވަޑައިގެންފަައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިޙް ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ކެންޕެއިން ދަތުރު ކުރައްވަމުންނެވެ. ރައީސް ވަޑައިގަންނަވާ ރަށްރަށުން ރައީސަށް މަރުޙަބާ ކިޔަން ޕާޓީގެ މެމްބަރުންނާއި އާންމުން ނިކުންނައިރު, އިދިކޮޅުގެ ފަރާތްތަކުން އަންނަނީ ރައީސް ޞާލިޙްގެ އިސްތިއުފާއަށް ގޮވާލާ ކޮންމެ ރަށެއް ކަހަލަ ގޮތަކަށް މުޒާހަރާތައް ކުރަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެންބަރު މަހުގެ 9 ގައެވެ. ރިޔާސީ އިންތިޚާބަށް ނަން ފޮނުވުމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު