"ވަގުތު" ޓީވީ ރޭ ލޯންޗްކޮށްފިއެވެ.
ރޭ 11:00 ޖެހިއިރު މީޑިއާނެޓް 109 އިން ވަގުތު ޓީވީގެ ފުރަތަމަ ޕްރޮގްރާމް، " ހޫނު ގޮނޑި" ގެނެސް ދީފައިވެއެވެ.
ފާއިތުވި މަހެއްހައި ދުވަހު މީސް މީޑިއާ އިން ވަނީ 109 އާއި ގުޅޭ ގިނަ ޕޯސްޓަރުތަކެއް އާންމުކޮށްފައިވާއިރު، ސިޔާސީ ބޭފުޅުންނާއި، އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ޕޯސްޓަރުތައް ވެސް ވާނީ ބެލުންތެރިންނާއި ހަމައަށް "ވަގުތު" ނޫހުގެ ފަރާތުން ވަނީ ގެނެސްދީފައެވެ.
"ވަގުތު" އިން އަލަށް ފެށި ޓީވީއާ އެކު "ވަގުތު"ގެ އިތުރު އުފެއްދުންތަކެއް ފެނިގެން ދާނެކަމަށާއި، މިއީ ހުނަރުވެރި ޒުވާނުންނަށް އިތުރު ފުރުސަތަކަށް ވެގެން ދާނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
"ވަގުތު" ޓީވީން ޕްރޮގްރާމްތަކާއި ހަބަރުތައް އަދި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި އިވެންޓްތައް ކޮންމެ ދުވަހަކުވެސް ގެނެސްދޭނެކަމަށާއި، "ވަގުތު" ޓީވީގެ ޓްރާންސްމިޝަން ކުރިއަށް ދާނީ މެންދުރު 12:00 އިން މެންދަމު 12:00 އަށް ކަމަށް "ވަގުތު"ން މަޢުލޫމާތު ދެއެވެ.