Thursday, 25 July 2024

އިލްޔާސް، ޑިމޮކްރެޓުސްގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް، މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އިލްޔާސް ލަބީބުގެ ފޯމު ހުށަހެޅުއްވީ، މިއަދު މެންދުރު 1:00 ގައި އެ ޕާޓީގެ މައި އޮފީހަށެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާއެކު މަސައްކަތް ކުރައްވާނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަޤްސަދުތައް ޙާސިލުކޮށް މެންބަރުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވާފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00 އަށެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް ހުޅުވަލާފައިވާއިރު ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާތަނަށް ފޯމު ހުށަހެޅުއްވީ ހަމައެކަނި އިލްޔާސް ލަބީބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު