18 ޖަނަވަރީ 2025

ސަރުކާރުން އެހީތެރިނުވާތީ، ވ. އަތޮޅު ކައުންސިލް އިހްތިޖާޖުގައި

ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ނުދޭތީ، ކަމަށް ބުނެ ވ. އަތޮޅު ކަައުންސިލުން އިހްތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަށް ނިންމައިފިއެވެ.

ވ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ސަރުކާރުގެ ތެރެއިން ނުލިބި ކައުންސިލްތަކުގެ މަސައްކަތްތަކަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށް ބުނެއެވެ. އެކައުންސިލުން ކުރާ އިހްތިޖާޖުގައި، އެ ކައުންސިލުން ވަނީ ސަރުކާރާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން މިވަގުތައް ހުއްޓާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ ކައުންސިލުން ހިތްހަމަ ނުޖެހިގެން އުޅޭ އެއް ސަަބަބަކީ، ވ. އަތޮޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އިއުލާންކުރެއްވި މަޝްރޫއަކީ ވ. ފޮއްތެޔޮފަޅު ބޭރު މީހަކަށް ވިއްކާލައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވުމެވެ.

މީގެ އިތުރުން، ކައުންސިލުން މުހިއްމު އެކި ކަންކަމުގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވާފައިވާ ސިޓީތަކަށް ޖަވާބު ނުދޭތާ ވެސް ދެ އަހަރު ވެެއްޖެ ކަމަށާއި، ސަރުކާރުން ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއްގައި އެއްބާރުލުން ދޭން ބޭނުން ނުވާ މިންވަރާއި ކައުންސިލްތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމަށް އެކައުންސިލުން ހާމަކޮށްފައިވެއެވެ.

ވ. އަތޮޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޞާލިހް އިއުލާން ކުރައްވާފައިވަނީ، އެ މަނިކުފާނުގެ ކެމްޕޭން ދަތުރުފުޅެއްގައި މިމަހުގެ 17 ވަނަ ދުވަހު ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު