Saturday, 15 June 2024

ޞަލާހުއްދީނުގެ ޕްރިންސިޕަލަކަށް ނާސިޙާ 

ދިރާސީ އާ އަހަރާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކިޔަވައިދޭން ތައްޔާރުވަމުން އަންނަ ޞަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާސިޙާ އިދުރީސް ހަމަޖައްސައިފިއެވެ.

ނާސިޙާ ކުރިން ހުންނެވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ޕްރިންސިލްގެ މަގާމުގައެވެ.

ޞަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމް، ނާސިޙާއަށް ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލައްވައި އެންމެ މަތިން މާކްސް ހޯއްދައިވައިގެންނެވެ.

މިޑްލް ސްކޫލް މުދައްރިސެއްގެ ގޮތުގައި، ކިޔަވައި ދެއްވުމުގެ ތެރެއަށް ނާސިހާ ވެންނެވީ 2005 ވަނަ އަހަރު ޢިމާދުއްދީން ސްކޫލުންނެވެ. އަދި އޭގެ ފަހުން ލ. އިސްދޫ ސްކޫލާއި ހދ. ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޕްރިންސިލްގެ މަޤާމް އޭނާ އަދާކުރެއްވިއެވެ.

އަފީފުއްދީނުގެ ޕްރިންސިޕަލް ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. ނާސިޙާ އަކީ ކުޅުދުއްފުށީ ސްކޫލެއްގައި މަސައްކަތް ކުރެއްވި ފުރަތަމަ އަންހެން ޕްރިންސިޕަލެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ކަމުން ވަކިވެވަޑައިގެންނެވީ ހަތް އަހަރާއި ހަތް މަސް ހޭދަކުރެއްވުމަށްފަހުއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޞަލާހުއްދީނަކީ ގުރޭޑް 1ން 10 އަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އެ ސްކޫލު އިމާރާތުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު