ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ގުޅިގެން މަސައްކަތްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޓީމެއް ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނާ ނުރަސްމީ މަޝްވަރާތަކެއް ފަށައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.
މިކަމާ ގުޅޭ ޔަގީން މައުލޫމާތެއް ރަސްމީ ހައިސިއްޔަތަކުން އެއްވެސް ފަރާތަކުން ދީފައި ނުވިނަމަވެސް، ބެލެވޭ ގޮތުގައި މިއީ، ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަނިވެފައިވުމާއެކު، ރިޔާސީ އިންތިޚާބަށް އިތުރު ގޮތެއް ހޯދުމަށް ރައީސް ޔާމީނާއެކު އެމްއާރުއެމް އިން ކުރާ މަޝްވަރާއެކެވެ.
މަޝްވަރާތައް ކުރިއަށްދާނީ، އެމްއާރުއެމްގެ ލީޑާޝިޕުން ސީދާ ރައީސް ޔާމީނާއެކުގައި ކަމަށާއި ރަސްމީކޮށް މި މައުލޫމާތުތައް ހިއްސާކުރާނީ މި ފެށޭ ހަފްތާގެ ހޯމަ ދުވަހުގެރޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.