ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތާއީދު ޞާލިހަށް އޮތްވަރު ފެނިފައި ދިޔައީ "ސިއްސައިގެން": މާރިޔާ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތާއީދު ރައީސް ޞާލިހަށް އޮތްވަރު ފެނިފައި ދިޔައީ "ސިއްސައިގެން":  ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ މާލޭގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައެވެ. އެކަމަނާ ވިދާޅުވީ، އޭނާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގަތުމުން ދިޔައީ "ސިއްސައިގެން" ކަމަށާއި، އެފަދަ ތަރުހީބެއް ލިބިދާނެ ކަމަށް ހިތަށް ވެސް އަރާވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހިތަކަށް ނާރާ ހުޅުމާލޭގެ ފޭސް ދޭއްގައި އަޅުގަނޑުމެން ޖަގަހައެއް ހުޅުވާލަން އައިސްގެން އެފަދަ މަރުހަބާއެއް ތިބޭފުޅުން، އެއްވެސް އެމްޑީޕީގެ މީހަކަށް ވިދާޅުވެދާނެ ކަމަށް،"

މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެހެން ހީކުރެއްވުނީ ސަބަބުތަކެއް ނޫން ކަމަށާއި މިދިޔަ ޕްރައިމަރީ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ސީދާ މަސައްކަތްތަކެއް ކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ.

އަދި ފޭސް 2 "އެކްޓިވް" ކުރައްވަން މަސައްކަތަކީ ވަރަށް ބޮޑަށް ތައުރީފް ޙައްޤު މަސައްކަތެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ބައެއްގެ ފިކުރާއި، ބައެއްގެ ވިސްނުން އެ މީހުންނާއި ވިސްނައިދީ، އެ ވިސްނުން އެހުރިގޮތަކާއި ނޫން ގޮތަކަށް ފިރުކާލިމަކީ ބުރަ މަސައްކަތެއް ކަމަށާއި، 2005ގައި އެމްޑީޕީ ރެޖިސްޓްރީ ކުރެވުނު އިރުގައި އާއި ފަށައިގަނެގެން މަސައްކަތް ކުރެވެމުން އައިިއިރު، އެ ކުރެވުނު ގޮތާއި، ރާއްޖެ އެއިރު އޮތްގޮތާއި ބަދަލު ގެވުނުތަން، ފެނިގެން ދިޔަ ކަމަށެވެ. ވިސްނުމެއް ފިކުރެއް، ތަސައްވުރެ ހިފައިގެން ނިކުތުމުން، އެމްޑީޕީއަށް ކާމިޔާބުވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *