ލީގު ކަޕްގައި ކްރޫޒް އަޒޫލްއާ ދެކޮޅަށް ކުޅެ، 94 މިނެޓް ހަމަވިއިރު އިންޓަރމިއަމް 2 ލަނޑު ޖަހައި ކުރި ހޯދުމަށްފަހު ސޯޝަލް މީޑިޔާއަށް ލިއޮނެލް މެސީ ދޫކޮށްލި އުއްމީދީ، ޚާއްސަ މެސެޖުން، އޭނާގެ ފޭނުންގެ ހިތްތަކުގެ އެންމެ ހިމަ ނާރާ ކުޅެލައިފިއެވެ.
އެގޮތުން، މެސީގެ "ލެޓްސް ގޯ" މެސެޖަށް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި 13 މިލިއަނަށްވުރެ ގިނަ "ލައިކް" ލިބިފައިވާއިރު، އެ މެސެޖުގައި އޭނާ ބުނެފައިވަނީ،
" ކުރިއަށް ދަމާ!!! ކާމިޔާބާއެކު މިލީގު ކަޕް ފެށުން އަހަރެމެންނަށް އަދި އަހަރެމެންގެ ސަޕޯޓަރުންނަށް ވަރަށް މުހިއްމު. ހުއްޓުމެއް ނެތި ކުރިއަށް ދާނަން."
އޭނާގެ ސަޕޯޓަރުންނަށް ނިސްބަތްވާ ގޮތަށް މިފަދަ އުއްމީދީ މެސެޖެއް ދިނުމުން، ސަޕޯޓަރުންގެ ތައުރީފް ދަނީ އޮހެމުންނެވެ. ލީގު ކާމިޔާބުވުމަށް އެ ފަރާތްތަކުންދަނީ، ހިތާ ރޫޙުން ސަޕޯޓްކޮށް އަޑުއުފުލަމުންނެވެ.
އިންޓަރ މިއަމްއަކީ ގަދަ ޓީމެއްގެ ގޮތުގައި މިވަގުތަށް ފާހަގަވެގެން ނުދިޔަ ނަމަވެސް، އެ މެޗުގައި ދެއްކި މޮޅު ކުޅުމާއި، ކުރޫޒްގެ މައްޗަށް ކުރި ހޯދުމުން އުއްމީދު އާވެ އާލާވެއްޖެ ކަމަށް މެސީގެ ފޭނުން ދަނީ ބުނަމުންނެވެ. މީގެއިތުރުން، އެ މެޗުގައި މެސީ ޖަހައިދިން ރީތި ލަނޑުގެ ހިތްގައިމުކަމާ މެދުވެސް ގިނަ ބަޔަކު ދަނީ އުފާވެރިކަމުގެ ޝުޢޫރު ފާޅުކުރަމުުންނެވެ.
އުމުރުން 36 އަހަރުގެ މެސީ، ފިޔާތޮށި ކުލައިގެ ޖަރޒީއަކާއެކު އޭނާގެ ނަންބަރު ދާދިފަހުން އާންމުކޮށްފައިވާއިރު، އޭނާ މިފަހަރު ބޭނުން ކުރާނީ ނަންބަރު "10″ އެކެވެ.
އޭނާ މީގެ ކުރިން ޖާރޒީ ނަންބަރުގެ ގޮތުގައި 10، 15، 18، 19، 30 ބޭނުންކޮށްފައިވެއެވެ.
އިންޓަރމިއަމްއަށް ކުޅެން ނިންމުމަށްފަހު، މެސީ ބުނެފައިވަނީ، އެ ނިންމުމަކީ އޭނާއަށް ނިންމުނު ވަރަށް މުހިއްމު އަދި އެހާމެ ފުރިހަމަ އަޖައިބުކުރުވަނިވި ނިންމުމެއް ކަމަށާއި އެ ނިންމުމާމެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.
އައު ޓީމަކާ ގުޅުމަށް ލިބުނު މިފުރުޞަތުގެ ބޭނުން ހިފައި ޓީމަށް ކާމިޔާބުކޮށްދިނުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރާނެ ކަމަށްވެސް އޭރު މެސީ ވަނީ ބުނެފައެވެ.
އިންޓަރމިއަމް އާ ގުޅުމުން މެސީއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.