18 ޖަނަވަރީ 2025

ގޭސް ފުޅިއެއް ގޮވައި، އަންހެނަކު ފިހިއްޖެ

މާލޭ ގެއެއްގެ ތެރޭގައި "ގޭސް އެކްސްޕްލޯޝަނެއް" ހިނގާ އަންހެނަކު ފިހިގެން އޭނާ ހޮސްޕިޓަލަށް ގެންްގޮސްފިއެވެ.

މ. ދިލީވިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓް ލިބިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކޮށްގެން ކަމަށް ބެލެވޭ ކަމަށާއި އަދި މި ހާދިސާގައި އަންހެނަކު ވަނީ ފިހިފައިވާ ކަމަށެވެ. ފިހިފައި ވަނީ އޭނާގެ މޫނު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

ގޭސްފުޅިއަކީ ފަސޭހައިން ގޮވާޒާތުގެ އެއްޗެއް ކަމުން ގޭސްފުޅި ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، އެކަމަށް ހޭލުންތެރިވަމުން ކަމާބެހޭ އިދާރާތަކުން އަބަދުވެސް އަންނަނީ އިރުޝާދުދެމުންނެވެ.

މީގެ ކުރިންވެސް ގޭސްފުޅި ފަދަ ތަކެތި ގޮވުމުގެ ހާދިސާތައް ހިނގައި،  މީހުންނަށް އަނިޔާލިބުމާއި އަލިފާން ރޯވުން ފަދަ ކަންކަން ދިމާވެފައިވާއިރު، އަދި ބައެއް މީހުން އެފަދަ ހާދިސާތަކުގައި ނިޔާވެފައި ވާ ކަންވެސް ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު