15 ޖަނަވަރީ 2025

ދާދިފަހުން އިސްތިޢުފާދެއްވި ޒަމީލު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ

ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނަވައި ދާދު ފަހުން އިސްތިޢުފާ ދެއްވި، ހަސަން ޒަމީލް ރިޔާސީ އިންތިހާބަށް ނިކުންނަވަން ނިންމަވައިފިއެވެ.

ޒަމީލް ވިދާޅުވީ ވޭތުވެދިޔަ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ރާއްޖޭގައި ވެރިކަން ހިންގި ޕާޓީ ސިސްޓަމަކީ ދިވެހިރާއްޖޭގައި ވެރިކަން ހިންގަން އެހާ ރަނގަޅު ނިޒާމެއް ނޫންކަން އޮތީ ފެންނަންކަމަށާާއި، ކޯލިޝަނަކުން ސަރުކާރު ހިންގުމަކީ، ފޮނި ވައުދުތައް ވީނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަން ފުއްދައި ނުދެވޭނެ ގޮތެއްކަން އެނގިއްޖެ ކަމަށެވެ.

އަދި ރައްޔިތުން އެންމެ ބޭނުންވި ބައެއް ކަންތައްތައް ކަމަށް ބެލޭ މީހުން މެރުމުގެ ހާދިސާތަކާއި، ނޫސްވެރިއަކު ގެއްލުމުގެ ހާދިސާ އާއި އެމްއެމްޕީއާރްސީގެ މައްސަލައިގައި ގެއްލުނު ފައިސާ ހޯދޭނެ ގޮތެއް ނުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިކަން ރަނގަޅު ކުރެވޭނީ ހަރުދަނާ އަދި ވާންޖެހޭ ހާލަތުގައި ހަރުކަށިވެސް ވެވޭނެ ވެރިއަކު ޤާއިމު ކުރާ، ބާރުހުރި ސަރުކާރަކުން. އެފަދަ ވެރިއަކީ ވެރިކަން ދެމެހެއްޓުމަށްޓަކައި އެއްވެސް މީހަކު ރުއްސަން ޖެހޭފަދަ ހާލަތުތައް މެދުވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެ. މިނިވަން ކެންޑިޑޭޓަކަށް މެނުވީ އެފަދަ ސަރުކާރެއް އުފެއްދުމަކީ ވާނެކަމެއް ނޫން".

ޒަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ޤާނޫނު މިވަގުތު އޮތްގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި، ހުށަހެޅުމަކީ އިންތިހާއަށް އުނދަގޫތަކެއް ހުރިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެއީ އެމީހަކަށް ތާއީދު ކޮށްދޭނެކަން ބަޔާންކޮށް، އުމުރުން 18 އަހަރު ފުރިފައިވާ 1,500 މީހުންގެ ސޮއި ހޯދަން ޖެހުން ކަމަށް ޒަމީލް ވިދާޅުވިއެވެ. ނަމަވެސް ކޮންމެވެސް މީހަކު މިކަން ނުކޮށްފިނަމަ ރައްޔިތުންވެސް ނުކުޅެދޭ ހާލަތަކަށް ވެއްޓޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮތީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު