ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫންގެ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމްއާރްއެމްއިން ކަށަވަރުކޮށްދީފިއެެވެ.
އެގޮތުން، ކެންޑިޑެންސީ ފޯމް ހުށަހެޅުއްވުމަށް ބޭނުންވާ ކުށުގެ ރިކޯޑް ސާފުކުރުމަށްޓަކައި، ފޯމް ހުށަހަޅާފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެ ފޯމްގެ ކޮޕީއެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން އެބަދެއެވެ.
ޔަޤީންކުރެވިފައިވާ ގޮތުގައި، ކުށުގެ ރިކޯޑް ސާފުކުރުމަށް، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފުރަތަމަ ފޯމް ހުށަހެޅީވެސް ފާރިސްގެ ފަރާތްޕުޅުންނެވެ.
މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށ،ް ޝައުޤުވެރިކަން ހުރި ކަމަށް، މީގެ ކުރިން އެކި ފަހަރު މަތިން ފާރިސް ހާމަކުރައްވާފައިވާއިރު، އެ ޕާޓީން ފާރިސް ޕްރޮމޯޓްކުރުމަށް މީގެ ގިނަ ޙަރަކާތްތަކެއް ހިންގަވާފައިވާ ކަން ފާހަގަކުރެވެއެވެ.
އަދި ފާރިސްއަށް ތާޢީދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓްކުުރުމުގެ އިތުރުން ތަފާތު އިވެންޓްތަކާއި ބައްދަލުވުންތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.
ފާރިސް އަބަދުަވެސް ވަކާލާތުކުރަށް ވަމުން ގެންދަވަނީ، އިސްލާޙީ ހެޔޮ ބަދަލު ގެންނަން ޖެހޭ ވާހަކައެވެ. އަދި ޕާޓީތަކުން ވަޢުދުވެ ވެރިކަމާ ޙަވާލުވުމުން އެކަންކަން ހަނދާން ނުހުންނަކަން ފާހަގަކުރައްވަމުން ގެންދަވައެވެ.
އެމްއާރްއެމް އިން ދާދިފަހުން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން، ފާރިސް ވިދާޅުވީ، ވެރިކަން ކުރަން ނިކުންނަ އިރު، ދިވެހި ދިދަ ހިފައިގެން ނިކުމެ، ބާކީ ތިބި ހުރިހާ ސިޔާސީ ލީޑަރުން އެއްކޮށްގެން ވެރިކަމަށް އަންނަކަމަށާއި، ވަރަށް ވަރުގަދަ ކޯލިޝަނެކޭ ކިޔާފައި ނިކުމެ، ހުރިހާ ބޭފުޅުންނަށްވެސް ފުރުޞަތު އޮންނާނޭ، ދިވެހި ރައްޔިތުން އެދޭ ހުރިހާ ކަމެއް ކޮށްދޭނަމޭ ވިދާޅުވާކަމަށެވެ. ފާރިސް އިތުރަށް ވިދާޅުވީ، ކަންކަން އިސްލާޙުކުރުމަށްކަމަށް ބުނެ ވެރިކަމަށް އައިސް ވައުދުވާ ކަންކަން މަތިން ހަނދާނެތޭ ކަމަށެވެ
ކިޔުންތެރިންގެ ޚިޔާލުތައް:
3000 މީހުން ހަމަނުވާ ޕާޓީ ގަނޑަކުން އިންތިހާބުގަ ވާދަކޮއް އަތުން ބޭކާރު ޙަރަދުތައް ކޮއް އިންތިހާބު ނިމުމުން ބޮޑާހާކާފަ ބަދަލުހޯދަން ނުގޮވާފިޔާ ރަނގަޅު. އެކަކުންޔެއް ހަރުކޮންނާނީ އެކަކުންޔެއްގެ ވަރުން އިނގޭ ފާރިޟް. އިރެއްގަ މާޟާހީ އާއިލާއަކަސް އޭރު ރައްޔިތުންނާ ދޭތެރޭ އިހާނެތިކޮއް ކަންތައްކުރުމުގެ ނަތީޖާ މިއަދު ތިފެންނަނީ.. ރަނގަޅައް ވެރިކަންކުރެވުނު ނަމަ މިއަދު ދަރިފުޅު ހުންނާނީ ވެރިކަމުގަ..