ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ޢުމުރުފުޅު 60 އާ ގާތްކޮށްފިކަމަށާއި، މިހާރު "މުސްކުޅި" ވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީީހުގެ ރައީސް، އަދި އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ދާދި ފަހުން ގުޅިވަޑައިގެންނެވި މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ."
ރައީސް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަން އެމަނިކުފާނަށް މިހާރު ވިސްނިވަޑައިގެންފައިވާ ކަމަށާއި، ޢިލްމީ ޤާބިލު މީހުންނަށް ޖާގަ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އަދި ރައީސް ޞާލިހް، މިހާރު އެ ވަޑައިގަންނަވަނީ އުމުރުފުޅުން 60 އާ ގާތަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑަށް މުށެއް ފުރާ ބޭސް ހެނދުނު ކާކަށް ނުޖެހޭ. މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި ހަތަރު ސްޓެންޓް ލައްވާފައެއް ނެތް."
ނަޝީދު ވިދާޅުވިއެވެ.
ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއްކަމަށާއި، އެއީ ޒުވާން ކަމާއެކީގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މި އެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅާލީމަ، ދެން އަލުން ވިސްނައިގެން ގެނެވޭނެ ކަންކަމެއް ނޫން"
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރި ކެނޑުނީމަ، އަދި ސިއްހީ ހާލަތު ތަން ނުދޭއިރު، ވެރިކަމަށް ވަޑައިގެން ސެކްރެޓަރީ އާއި އަރިސް ބޭފުޅުންލައްވާ ގައުމު ހިންގުމުގެ މަސައްކަތް ކުރެވުނު ގޮތަކަށް ކުރެވިދާނެ ކަމަށާއި، ނަމަވެސް އެކަމުން ގައުމާއި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށެވެ
ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅުވައި އެކަމާ ވިސްނަން ޖެހޭ ފަދަ މޭރުމަކުން ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
މިހާރު މީ ނުދެއްކި އޮތްވާހަކައަކީ. ޥީމާ ވައިގަ ހިފާތޯބަލަ.
ޢަންނިނަޝީދަށް ވެރިކަމަށް ނާދެވުނީމަދޯ.. ދެންހުރިމީހާ މުސްުކުޅިވީ. ޢެހެންނަމަވެސް ޤާސިމް އޯކޭ…. ކިހިނެއް މިވަނީ.
ތީދިވެހިއްނައް ހެޔޮއެދިގެން އުޅޭމިހެއްކަމުގަނުދެކެން ތީތިމާގެއަމިއްލަ އެދުމަން ފޯވެފަހުރިމީހެއް ނިކަން ގަޓުހުރިއްޔާ. އެންމެންކުރިމަރީހުރެބުނެބަލަ މުސާރައިގެ ގޮތުގަލިބެޭ އެންމެ ރުފިޔާއެއްވެސް ބޭނުމެއް ނޫނޭ އެއިރުން އެގިދާނެ ތިޔައީ ރައްޔިތުންނާގެން އުޅޭމީހެއްކަން ތިޔަހުރީދުލައް ބޭސްކުރަންޖެހިފަ