16 ފެބުރުވަރީ 2025

އެމެރިކާއިން ޔޫކްރެއިނަށް 400 މިލިޔަން ޑޮލަރުގެ ހަތިޔާރު ދެނީ

އެމެރިކާއިން ޔޫކްރެއިނަށް 400 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ހަމަޖެއްސުމަށް ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.

ރަޝިޔާ ޔޫކެރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ.

ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ އަސްކަރީ އެހީގެ ޕެކޭޖުގައި އާޓިލަރީ ބަޑިއާއި، އާޓިލަރީ ބަޑިއަށް ބޭނުންވާ "ޝެލް"ގެ އިތުރުން ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލާއި އަސްކަރީ އުޅަނދުފަހަރެވެ، މި ޕެކޭޖުގައި ކްލަސްޓަރ ބޮން ނުހިމެނޭ ކަމަށް، އޮފިޝަލުން ވިދާޅުވެފައިވެއެވެ.

އެމެރިކާއިން މި ފަހަރު ޔޫކްރެއިނަށް ފޯރުކޮށްދޭ އަސްކަރީ އުޅަނދުފަހަރުގެ ތެރޭގައި "ސްޓްރައިކަރ" މަރުކާގެ އާމަރޑް އުޅަނދާއި، މައިންކޮށްފައިވާ ބިން ސާފުކުރާ ސާމާނާއި، "ނޭޝަނަލް އެޑްވާންސްޑް ސަރފެސް-ޓު-އެއަރ މިސައިލް ސިސްޓަމް (އެން.އޭ.އެސް.އޭ.އެމް.އެސް) މަރުކާގެ މިސައިލް ހިމެނޭއިރު، ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހައިމާރސް) ސިސްޓަމަށް ބޭނުންވާ ރޮކެޓާއި، އަސްކަރީ ޓޭންކުފަހަރަށް ހަމަލަދޭން ބޭނުންކުރާ ހަތިޔާރު ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު