18 ޖަނަވަރީ 2025

ވޭތުވެދިޔަ 12 އަހަރު، ސައުދީއަށް އެތެރެވި ރެފިއުޖީންނަށް 18 ބިލިއަން ޑޮލަރު ޚަރަދުކޮށްފި

ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި، ސައުދީޢަރަބިއްޔާއަށް އެތެރެވި ރެފިއުޖީންނަށް 18.57 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ސައުދީގެ ރަސްގެފާނު ސަލްމާންގެ ހިއުމަނިޓޭރިއަން އެއިޑްގެ ދަށުން ޚަރަދުކޮށްފައިވާ އެ ފައިސާ ޚަރަދުކޮށްފައިވަނީ ރެފިއުޖީންގެ ގޮތުގައި ސައުދީއަށް އައިސްފައިވާ ޔަމަންއާއި، ސީރިއާއާއި، އަދި ރޮހިންޏާ ގެ މުސްލިމުންނަށެވެ.

އެ ޚަރަދުތައް ކޮށްފައިވަނީ މައިގަނޑުގޮތެއްގައި އެ މީހުންނަށް ތަޢުލީމް ފޯރުކޮށްދިނުމަށާއި ބޭސް ފަރުވާގެ ކަންކަމަށެވެ. އަދި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްވެސް ޚާއްސަ އިސްކަމެއްދޭ ކަމަށް ސައުދީ ރަސްގެފާނުގެ ރިލީފް ފަންޑުން ހާމަކުރެއެވެ.

2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން، ސައުދީއަށް އެތެރެވެފައިވާ ރެފިއުޖީންގެ އަދަދަށް ބަލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ސައުދީގެ އާބަދީގެ 5.5 އިންސައްތައާ ގާތް ކުރާ އަދަދަކަށް، ރެފިއުޖީން ވަނީ އެތެރެވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ ރެފިޔުޖީން ސައުދީއަށް އެތެރެވެފައިވާ ކަމަށް ރަސްގެފާނުގެ ރިލީފް ފަންޑުން ހާމަކުރެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު