އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ރޭ ފަތިހު ރޯވެފައިވަނީ އައްޑޫސިޓީ ހިތަދޫ “ކުޅިބަލާބޭ” ގޭގައިކަމަށެވެ.
ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރު ސްޓޭޝަނަށް ފަތިހު 04:10 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރު ސްޓޭޝަންގެ ފަޔަރު މަނުން ހަރަކާތްތެރިވެފައިވާކަމަށާއި މިގޮތުން އެ ސަރަހައްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ ފަތިހު 05:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އެ ގެއަށް އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު އަދި މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ވަނީ ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ