ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަފުޅަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައްދު ދެއްވައި، ރައީސް ޞާލިހު ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ ކެނޑިޑޭޓް ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ،ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ، ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ."
ޢަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ، ފްލެޓް އަޅައިދޭން ރައްރަށުގަ ބައެއް ފެއިލްވެފައިވާ ސިޔާސީ ބޭފުޅުން ދެއްކެވިހެން ނުދައްކަވާނެކަމަށާއި، ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލު ހުންނާނީ އަޅާފައި ކަމަށާއި، އަދި ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ކުލަވެސް ނުޖައްސަވާނެކަމަށާއި އެތެރެއާ ބޭރު އެއްގޮތްވާނެ ކަމަށާއި އަދި ޑިމޮކްރަސީ ހަޖަމް ކުރައްވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ކެނޑިޑޭޓް ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ،ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ، ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ، ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލްގެ ވާހަކަ…(1/2) https://t.co/5AIxbogtfA
— Ali Zahir (alipi) (@alixahir) July 23, 2023
ޑިމޮކްރެޓްސްއިން ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހްގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވިސްނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހް އުމުރުފުޅުން 60 އަހަރާ ގާތްވެފައިވާ ކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވަން މުސްކުޅިވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް ޖަގަހައިގައި ނަޝީދު ވިދާޅުވީ ރައީސް ޞާލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ރައީސް ޞާލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހު ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.
ހަމަ އެހެންމެ ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ ކަމަށާއި އަދި ރައްޔިތުންނަށް އޮޅުވާލަން ހިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު މުށެއް ފުރާ ބޭސް ހެނދުނު ފަރިއްކުޅުވަން ނުޖެހޭ ކަމަށާއި އަދި މާތް ރަސްކަލާނގެ އިރާދަފުޅުން އެމަނިކުފާނުގެ ހިތުގައި ހަތަރު ސްޓަންޓް ލައްވާފައެއް ވެސް ނެތް ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޅޭ ޚަބަރު:
ރައީސް ޞާލިޙް މިހާރު އެވަޑައިގަންނަވަނީ 60 އާ ގާތަށް، މިހާރު މުސްކުޅިވެއްޖެ: ރައީސް ނަޝީދު