ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކުގެ ވައުދުވެވަޑައިގަންނަވަނީ ހަމައެކަނި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްއެންޕީގެ ނައިބު ރައީސް، ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ މިއަދު އެކަމަނާ ކުރެއްވި ޓުވީޓެއްގައެވެ.
ދުންޔާ ވިދާޅުވީ ގިނަ ސިޔާސީ ވެރިންގެ ގިނަ ވައުދުތަކަކީ ޚިޔާލީ ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކީ ހާސިލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"ކުރެވިދާނެ އަދި ކުރަންޖެހޭ ކަންތައްތަކުގެ ވައުދުވަނީ ނާޒިމް އެކަނި. ޑިމޮކްރެސީގެ އެއް އަސާސަކީ ރައްޔިތުންގެ ސަރުކާރު ރައްޔިތުންގެ ފައިސާއިން ހިންގުން. ހިލޭ ބެހުމުގެ ހައްގެއް ނޯންނާނެ."
ދުންޔާ ވިދާޅުވިއެވެ.
ގިނަ ސިޔާސީ ވެރިންގެ ގިނަ ވައުދުތަކަކީ ޚިޔާލީ ވާހަކަތަކެއް. ހާސިލު ކުރެވޭނެ, ކަންތަކެއްނޫން. ކުރެވިދާނެ އަދި ކުރަންޖެހޭ ކަންތައްތަކުގެ ވައުދުވަނީnazim2023mv@ އެކަނި. ޑިމޮކްރެސީ ގެ އެއް އަސާސަކީ ރައްޔިތުންގެ ސަރުކާރު ރައްޔިތުންގެ ފައިސާއިން ހިންގުން. ހިލޭބެހުމުގެހައްގެއް ނޯންނާނެ!
— Dunya Maumoon (@dunyamaumoon) July 24, 2023
އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް އަރުވާފައިވާއިރު، ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.
ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.