12 ފެބުރުވަރީ 2025

ރައީސް ޞާލިޙުގެ އިންތިހާބީ އެޖެންޓަކަށް ނާޝިޒު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އިންތިހާބީ އެޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ނާޝިޒް ވަނީ ރައީސް ޞާލިހުގެ ކެމްޕޭން މެނޭޖަރުކަން ކުރައްވާފައެވެ. ރައީސް ޞާލިހާއި, ނާޝިޒުގެ ކުށުގެ ރިކޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ވަނީ، އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު އެ ބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭ ކަމަށެވެ.

ރައީސް ޞާލިހުގެ ކެމްޕޭނު ދަތުރުތައް ފުޅާކޮށްފައިވާއިރު، މިހާތަނަށް 30 ރަށަކަށް ރައީސް ވަނީ ދަތުރު ކުރައްވާފައެވެ.

ރައީސް ޞާލިހުގެ ރަނިންމޭޓެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ރީ-ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. 2020 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އަލުން ރީ-ރަޖިސްޓްރީވާން ނުޖެހޭ ގޮތަށެވެ. އެހެންނަމަވެސް، މާލޭގައި އުޅޭ މީހުން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އީސީއިން ވިދާޅުވެއެވެ.

މި މަހުގެ 31 ވަނަ ދުވަހަށްފަހު، ރީރަޖިސްޓްރީ ވެވޭނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް ފޯމު ހުށަހަޅާއިގެން ކަމަށާއި، އެގޮތުން މާލޭގައި، އިންތިޚާބައި ބެހޭ މައި މަރުކަޒު ދަރުބާރުގެއަށް ފޯމު ހުށަހެޅޭއިރު، ރަށްރަށުގައި ނަމަ އެ ރަށެއްގައި ހުރި އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓަށް ފޯމު ހުށަހެޅޭނެ ކަމަށާއި، އަދި ފޯމު ހުށަހަޅާއިގެން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޮގަސްޓް 5 އަކާއި ހަމައަށް ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

އިންތިޚާބު ދެ ވަނަ ބުރަކަށް ގޮސްފިނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހު 23، އިން އޮގަސްޓު 3، ގެ ނިޔަލަށެވެ. އަދި, ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ އޮގަސްޓް 5 ގެ ނިޔަލަށެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އާބާދީއެއްގެ ގޮތުގައި އީސީއިން ލަފާކުރާ އަދަދަކީ ގާތްގަނޑަކަށް 285،000 މީހުންނެވެ. އަދި އެ މީހުން ވޯޓުލުމަށް ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ. އެ ހުރިހާ ފޮށިތައް ކައިރީގައި އޮފިޝަލުންނާއި, އޮބްޒާވަރުން އަދި މޮނިޓަރުން ވެސް ހަރަކާތްތެރިވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު