16 ފެބުރުވަރީ 2025

އެމްއެންޔޫއިން ހުޅުވާލި ކޯސްތަކަށް ހުށަހެޅުމުގެ ސުންގަޑި އަންނަ އަންގާރަ ދުވަހު ހަމަވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ އޮގަސްޓްމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ އަންގާރަ ދުވަހު ހަމަވާނެެ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ ކޯސްތަކަށް ކުރިމަތި ލުމުގެ ވަގުތަކީ ޖުލައި 25 ވަނަ ދުވަހުގެ 2:00އާ ހަމައަށް ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން އޮގަސްޓް މަހުގެ އިންޓޭކަށް ހުޅުވާލީ 93 ކޯހަކުން 5440 ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތެވެ. އޭގެތެރޭގައި އަލަށް ފަށާ ތިން ކޯހެއް ހިމެނެއެވެ.

ޤައުމީ ޔުނިވަރސިޓީން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި، ބެޗްލަރ އޮފް އިންޖިނިއަރިންގ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، ޑިޕްލޮމާއިން މެކޭނިކަލް އިންޖިނިއަރިންގ، އަދި މާސްޓަރސް އޮފް ސައިންސް ޖިއޯސްޕެޝައަލް ޓެކްނޮލިޖީސް ފޮރ ޑިޒާސްޓަރ މެނޭޖްމަންޓް ހިމެނެއެވެ.

އެ ޔުނިވަރސިޓީން ބުނީ އިތުރު ތިން ކޯހެއް ފަށަން ބޭނުންވާ ހުއްދައަށް ކޮލިފިކޭޝަން އޮތޯރިޓީގައި ވަރަށް އަވަހަށް އެދޭނެ ކަމަށެވެ. އެއީ ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، ބެޗްލާސް އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް އަދި ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕެވެ.

ހަތަރު ކޯހެއް މެރިޓް އުޞޫލުން ކުރިއަށް ގެންދާއިރު، ދެން ހުރި ކޯސްތަކަށް ޖާގަ ހަމަޖައްސަމުން ގެންދާނީ ފޯމް ހުށަހަޅާ ތަރުތީބުން ޝަރުޠު ހަމަވާ ފަރާތްތަކަށް ކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައެވެ.

މެރިޓް އުޞޫލުން ކުރިއަށް ގެންދަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ކުރިއަށް ގެންދާ ބެޗްލަރ އޮފް މެޑިކަލް ލެބޯޓަރީ ސައިންސްއާއި ސްކޫލްސް އޮފް ނަރސިންގ އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގަ އާއި އެޑްވާންސް ޑިޕްލޮމާ އިން ނާސިންގެ އިތުރުން ބެޗްލަރ އޮފް ނަރސިންގއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ އަލަށް ފަށާ ކޯސްތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މުހިންމުވެގެން ފަށާ ކޯސްތަކެއް ކަމަށް ވާއިރި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެެއެވެ.

އެމްއެންޔޫގެ ފަށާ އިތުރު ކޯސްތަކާ ގުޅޭ މައުލޫމާތު https://courses.mnu.edu.mv/ އިން އިތުރު ކޯސްތަކާބެހޭ މައުލޫމާތު ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު