18 ޖަނަވަރީ 2025

ސައުދީ މީހަކު 4 އަހަރު ފަހުން ހޭލައިފި

ސައުދީގައި ހަތަރު އަހަރު ފަހުން، ކޯމާއެއްގައި އޮތް މީހަކު ހޭލައިފިއެވެ.

އަބޫބަތިން ކިޔާ މިމިހާ ކޮމާގައި އޮންނަން ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. 4 އަހަރު ފަހުން އޭނާ ހޭއެރީ މިއަހަރުގެ މާރިޗު މަހުގައެވެ. މިއީ ގިނަ ބަޔަކަށް ކުއްލި ހައިރާން ކަމެއް ލިބިގެންދިޔަ ކަމެކެވެ.

ދުނިޔެއަށް ދިމާވި އާލަމީ ވަބާ، ކޯވިޑް 19 ގެ ދުވަސްތަކުގައިވެސް އޭނާ އޮތީ، މެޝިނުގެ އެހީގައި، ކޯމާއެއްގައެވެ.

ކޮމާއަކަށް ދާން ދިމާވީ، އޭނާ ދުއްވި ކާރު ޖަމަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ. އޭނާއާއެކު ދަތުރުކުރި އޭނާގެ ދެ ފިރިހެން ކޮއްކޮ ވަނީ އެ ޙާދިސާގައި މަރުވެފައެވެ.

ޑޮކްޓަރުން ބުނަމުންދިޔައީ އަބޫބަތިން މަރުނުވެ ދުނިޔޭގައި އޮންނާނެ ކަމުގެ އޮތީ އެންމެ 9 އިންސައްތަ ފުރުސަތެވެ.

އޭނާ 4 އަހަރު ފަހުން ހޭ އަރައި، އޭނާއަކީ މިއަދު ދުނިޔޭގައި ހުރި އިންސާނެކެވެ. މާތް ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ.

އޭނާ ކޯމާއިން ހޭލި ވަގުތު، އެންމެ ފުރަތަމަ ކަމަކަށް ޤުރުއާން ކިޔަވަން ފެށިއެވެ. 4 އަހަރަށްފަހު އޭނާގެ ލޯ ހުޅުވި ދުނިޔެ ފެންނަން ފެށުމުން، ސައުދީއަށް 4 އަހަރުގެ ތެރޭގައި ވަރަށް ބޮޑު ބަދަލެއް އައިސްފައިކަން ތަސައްވަރު ކުރެވިއްޖެ ކަމަށް އަބޫބަތިން ބުންޏެވެ. އޭނާ ހޮސްޕިޓަލުގައި އޮތް މުއްދަތުގައި އޭނާގެ އަންހެނުންވީ ޤުރުބާނީ އޭނާ ފާހަގަކުރިއެވެ. އޭނާގެ އަންހެނުން ގެއެއްގައި ކުދިން ބަލަހައްޓައިދީ ނޯކިރީކަން ކޮށްދީ ލާރި ހޯދިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު