ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުމަކީ މާ މުހިންމު ކަމެއް ކަމަށް، ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ހިތުގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް ކަމަށާއި ކޮންމެ ދުވަހަކު ފަރުވާއަށް މުށުފުރާ ބޭސް ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އަށް ފުރައްސާރަ ކުރެއްވުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓުގައެވެ.
ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުން މުހިއްމު. https://t.co/jA3f3cjGXn
— Dr.Mohamed Iyaz (@dr_iyaz) July 24, 2023
ޑރ.އިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ކުރި އެއްވެސް މަސައްކަތަކުން ރައީސް ޞާލިހު ބަލި ނުކުރެވުނު ކަމަށާއި، އެއްވެސް ގޮތަކުން ރައީސް ޞާލިހު ބަލިކޮށް ނުލެވުމުން މިހާރު މަސައްކަތް ކުރަމުންދަނީ މަލާމާތާއި ފުރައްސާރަ ކޮށްގެންވެސް ރައީސް ޞާލިހު ބަލި ކޮށްލުމަށް ކަމަށާއި، ނަމަވެސް އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ޝައިޚު ޑރ.އިޔާޒު ވިދާޅުވިއެވެ.
ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުން މުހިއްމު. ގޮތް ހުސްވެ ދައްކާނެ ވާހަކައެއް ނެތުނީމާ މަލާމާތާއި ފުރައްސާރަކޮށްގެން ނަމަވެސް ބަލިކޮށްލެވޭތޯ ބަލާނެ. އެހެންނަމަވެސް، މާތް ރަސްކަމާންގެ ރަޙްމަތާއި އެކު ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން.
ޑރ.އިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ޞާލިޙް ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅާއި ސިއްޙީ ހާލުކޮޅާ ދޭތެރޭ ވިސްނަވަން ޖެހޭނެކަމެއް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ދި ޑިމޮކްރެޓްސް އުފެއްދެވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ އެޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދަންކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙްގެ ސިއްޙީ ހާލުކޮޅާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގެ މެމްބަރުންނަށް ތަކުރާރުކޮށް ދަންނަވަން، ތި ބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓް، ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރައި ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ. ތި ބޭފުޅުންގެ ކެންޑިޑޭޓްގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅު އެއީ ވިސްނަވަން ޖެހޭނެކަމެއް. ރާއްޖެއަށްޓަކައި އެ ވިސްނުން ކުރިއަށް ނެރެން ޖެހޭ،"
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ރާއްޖޭގެ ރައީސް ކަމަށް ޒުވާން ބޭފުޅަކު އައްޔަން ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.
މީގެއިތުރުން، މުސްކުޅިވެ ގައިބާރި ކެނޑުނީމަ، އަދި ސިއްހީ ހާލަތު ތަން ނުދޭއިރު، ވެރިކަމަށް ވަޑައިގެން ސެކްރެޓަރީ އާއި އަރިސް ބޭފުޅުންލައްވާ ގައުމު ހިންގުމުގެ މަސައްކަތް ކުރެވުނު ގޮތަކަށް ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމުން ގައުމާއި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ދެނުށްފުރާ ބޭސްކައިގެން ހުންނަނީ ހަމައިގާތޯ، ހަމައިގާ ހުންނަ މީހުން ކިއޭނުކިއޭނޭގި އެއްވާހަކަ ފަސް ހަ ގޮތަށް ދައްކާތޯ ހަމައިގާ ހުރީމަތޯ ދޮގުހަދާ އޮޅުވާލަނީ؟؟
ޢިޔާޒް ކީއްވެތޯ މިދިޔަ ހުކުރު ދުވަހުގެ ޚުޠުބާއާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވީ. މަމެން އިޔާޒްގެ ބަހެއް ބޭނުން.