Wednesday, 19 June 2024

މާލޭގައި މިރޭ ހަވާ އަރުވަނީ 5 ސިކުންތަށް

މާލޭގައި މިރޭ ފަސް ސިކުންތަށް ހަވާ އަރުވަން ނިންމާފައިވާ ކަަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިރޭ ހަވާ އަރުވަން ނިންމާފައި ވަނީ މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގެ ތެރެއިން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހަވާ އަރުވަން ނިންމާފައި ވަނި މިރޭ 21:30 އާއި 23:00 އާ ދެމެދުގެ ވަގުތެއްގައި، ގަލޮޅު ދަނޑުގައި ކަމަށާއި ހަވާ އަރުވާނީ ގާތްގަނޑަކަށް 5 ވަރަކަށް ސުކުންތަށް ކަމަށެވެ.

މިފަހަރު މިނިވަން ދުވަހާއި ގުޅުވައިގެން ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ރާވާފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އަރުވާނެ ކަން، މިިނިވަން ދުވަހުގެ ކުޅިވަރުތައް އިންތިޒާމް ކުރާ ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭއަށް މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ކަމަށްވުމާއެކު، ކޮންމެ އަހަރެއްގެ ޖުލައި 26 އަކީ ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އަދި އެދުވަހުގެ ހަރަކާތްތައް އިސްވެ ހިންގާ ވުޒާރާއަކީ ދާޚިލީ ވުޒާރާއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު