ދުބާއީ އެންޑޯމަންޓް ފަންޑުން ދުބާއީގައި 50 މިސްކިތް އަޅާނީ

ދުބާއީ އެންޑޯމަންޓް ފަންޑުން ދުބާއީގައި 50 މިސްކިތް އަޅަން ނިންމައިފިއެވެ.

މި މިސްކިތްތައް ޤާއިމުކުރެވިގެންދާއިރު، އަލް ޚަވަނީޖް ސަރަޙައްދުގައި 29 ފިހާރައާއި ޝޮޕިންގ މޯލަކާއި، މެޑިކަލް ސެންޓަރަކާއި ޕާކިންގ ލޮޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކަމަށް 40 މިލިއަން ދިރުހަމް ޚަރަދުވާނެ ކަމަށް އަންތާޒާ ކުރެއެވެ.

އެ ސަރަޙައްދުގައި ޤާއިމުކުރާ ކޮމްޕްލެކްސް އިން އާމްދަނީގެ ގޮތުގައި އަހަރަކު 8 މިލިއަން ދިރުހަމް ލިބޭނެ ކަމަށްވެސް އަންތާޒާ ކުރެއެވެ. މި ފައިސާއަކީ ކުރިން ދެންނެވި 50 މިސްކިތް އެޅުމަށް ޚަރަދުވާ ފައިސާ ރިކަވަރ ކުރެވޭނެ ފައިސާގެ މިންވަރެވެ.

ދުބާއީއަކީ ޒަމާނީ ތަރައްޤީގެ މައި ނާރެހެވެ. މީގެ އިތުރުންވެސް ދުބާއިއަށް ޚާއްސަ ގްރީން ދުބާއި ޕްރޮޖެކްޓާކާއި، ވޯޓަރ ތީމް ޕާކްތައް އަދި މިނޫނަސް އިތުރު ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންގޮސް ނިންމާފައިވާއިރު، އަދިވެސް އިތުރު ޕްރޮޖެކްޓަށް ދަނީ ބާރަށް ކުރިއަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *