ޕްރައިމަރީ ބާއްވާ ދުވަހު ޕާޓީއަށް ސޮއިކޮށްގެންވެސް ވޯޓްލެވޭނެ: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަަހަޅުއްވާފައިވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް އެޕާޓީގެ މެމްބަރުންގެ ތާއީދު އޮތް މިންވަރެއް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުން އަންނަ ހުކުރު ދުވަހު ނެގުމަށް އެ ޕާޓީން ނިންމަވައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަން، އެ ޕާޓީގެ ރިޔަސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހަމައެކަނި އެންމެ ކެންޑިޑޭޓެކެވެ. އެއޯ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައިވަނީ، ޕާޓީގެ ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހަޅައިފިނަމަ ޓިކެޓް ލިބޭނީ ފެންނަ ނުފެންނަ ވޯޓެއްގައި ޕާޓީގެ މެމްބަރުންގެ 10 އިންސައްތަ ވޯޓު ލިބިގެން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ އިންތިގާލީ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ވޯޓު ފޮށި ބަހައްޓާނީ 20 މެމްބަރުން ހަމަވާ ރަށްތަކުގައި ކަމަށާއި އަދި މިއިންތިޚާބުގައި އޮންލައިންކޮށް ވޮޓުލުމުގެ ފުރުސަތުވެސް ހަމަޖައްސާފައިވާކަމަށެވެ.

"ޖުމްލަ ވޯޓާސް ލިސްޓަށް ވާނީ ވޯޓުލާ ނިމޭއިރު، އޮންނަ ޖުމްލަ މެމްބަރުންގެ ޕާޓީގެ ލިސްޓު. އެއީ ޖުމްލަ ވޯޓާސްލިސްޓު. އަޅުގަނޑުމެން މިދަންނަވަނީ ވޯޓުލަމުންދާއިރުވެސް ޕާޓީގެ މެމްބަރުންނަށް ވެވޭނެ ކަމުގަ. އެހެންވެއްޖިއްޔާ ފައިނަލް ވޯޓާސް ލިސްޓަށް ވާނީ ވޯޓާލިމޭއިރު، އޮންނަ ފައިނަލް ވޯޓާސް ލިސްޓް އެއީ ފައިނަލް ލިސްޓް. އޭގެ 10 ޕަސެންޓް ހަމަވޭތޯ ނޫންތޯ ބަލަން އަޅުގަނޑުމެން ޖެހޭނީ."

ހަސަން ލަޠީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގައި އޮތް ދަ ޑިމޮކްރެޓްސްގެ ދަފްތަރުގައި 4،100 މެމްބަރުން ތިއްބަވާއިރު، އެޕާޓީން ނިންމާފައިވަނީ ޕްރައިމަރީ އޮންނަ ދުވަހުވެވެސް އެޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެވޭނެ އިންތިޒާމު ހަމަޖައްސަވައި ވޯޓުވެސްލެވޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު