16 ޖަނަވަރީ 2025

ރަނިންމޭޓަކު ކަނޑަަޅާނީ ރައީސް ޔާމީން

އަންނަ ސެޕްޓެމްބަރު މަހުގެ  9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަށް ބޭފުޅަކު ހަމަޖެއްސުން އެމަނިކުފާނަށް ދޫކޮށްލަން ޕީޕީއެމް ކޯލިޝަންގެ ވެރިން ނިންމަވައިފިއެވެ.

ރަނިންމޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވައިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިޚްތިޔާރަކަށްވީ ނަމަވެސް ލީޑަޝިޕްގެ ފަރާތުން ނަންތަކެއް ފޮނުވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށާއި، ނަމަވެސް، ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓިގެ އަސާސީ ޤަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހްތިޔާރަކަށް ވާތީ، ލީޑަޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓް ބޭފުޅަކު ޚިޔާރު ކުރެއްވުމަށް ދަންނަވަން ޕީޕީއެމްގެ ނަގާކިޔާ ވެރިން އިއްތިފާޤުން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެހެންވެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި އަދި ނުވެއެވެ.

ޕީޕީއެމުން މިއަދު ވަނީ ކެންޑިޑެސީ ފޯމު ފުރުމަށްޓަކައި ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ޔާމީންގެ ސޮއި ހޯދައިފައެވެ. ނަމަވެސް އެ ފޯމުގައި ރަނިންމޭޓަކަށް ކަނޑައަޅާ ބޭފުޅެއްގެ ނަން ވެސް ހިމަނަން ޖެހެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސަ ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ މައްސަލަ އޮތަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ.

އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. އަދި ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.

ޕީޕީއެމުން ބުނަނީ ރައީސް ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންވިޔަސް ސުޕްރީމް ކޯޓާ ހިސާބުން އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ. ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު